English Edition
Dhivehi Edition

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާޙިމް، ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރޭ 11:20 އެހައިކަންހާއިރު ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަކުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި އިރު ކަރެކްޝަނަލް ސާވިސް އިން ގާސިމް އަށް ހުއްދަ ދެއްވަވާފައި ވަނީ ދިހަ ދުވަހަށް ސިންގަޕޫރަށް ދިއުމަށެވެ. ނަމަވެސް މިމުއްދަތު އިތުރު ކުރުމަށް ގާސިމް އެދިވަޑައިގެންފި ނަމަ މުއްދަތު އިތުރު ކުރުމުގެ ހުއްދަ ދިނުން އެކަށީގެންވެއެވެ.

ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ މިރޭ ކަރެކްޝަނަލް ސާވިސް އިން ދީފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ، ގާސިމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހުގެ ޙުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ. ނަމަވެސް ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ގޭބަންދުގައި ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސުން ވަނީ ނިންމާފައެވެ.

ގާސިމް ޖަލަށްލުމަށް ކުރި ހުކުމުގައި ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފައި ވަނީ ގާސިމަށް ރާއްޖެއިން ބޭރުން ދޭންޖެހޭ ފަރުވާ ދިނުމަށެވެ. އެ އަމުރަށް އަމަލު ނުކޮށް، ދައުލަތުގެ ބަންޑާރަ ނައިބު ވަނީ އެ ހުކުމް އިސްތިއުނާފުކޮށްފަ އެވެ.