English Edition
Dhivehi Edition

އިންޑިއާގެ ކޮޗިން އާއި މާލެ އާއި ދެމެދު ޚާއްސަ ހަތަރު ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމުގައި، ޤައުމީ އެއާލައިން މޯލްޑިވިއަނުން ހާމަކުރައްވައިފިއެވެ.

ނޮވެމްބަރު މަހު 29،28،27 އަދި 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ފްލައިޓުން ދަތުރުކުރުމަށް ރިޒަވޭޝަން ހެދުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

މިފްލައިޓުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ ގާތްގަނޑަކަށް 1560ރ. އެވެ. މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި މާލެ ދެމެދު ޙާއްސަ ފްލައިޓު ތަކެއް ބާއްވާއިރު، އެއެއާލައިން ބައިނަލްއަޤުވާމީ ފްލައިޓުތަށް ބާއްވަމުން ދަނީ ބަނގްލަދޭޝް އަދި އިންޑިއާއަށެވެ.