English Edition
Dhivehi Edition

ގދ. ތިނަދޫގައި އިތުބާރުކުރެވޭ މަގާމެއްގައި ތިބެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި، 49 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 53 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނި ހާމަކޮށްފައެވެ. ފުލުހުން ވަނީ އޭއޯ ނިއުސް އަށް މިކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި 13 އަހަރުގެ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި ކަމުގެ މައްސަލަ 15 ނޮވެންބަރު 2020 ވަނަ ދުވަހުގެ ރޭ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމުގައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

1 ކޮމެންޓް
ށ ށުކުން
ނޮވެމްބަރު 26, 2020
އަޅާ ސެމީ ކޮންބާކެންނެ