English Edition
Dhivehi Edition
29 ޑިސެންބަރު 2018: ކ. ގިރިފުށީގައި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ތަމްރީނުތަކެއްގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ކ. ގިރިފުށީގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެމްއެންޑީއެފުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2020 ޑިސެމްބަރ 05 ވަނަ ދުވަހުގެ 17:00 އިން 23:00 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެ އޮތޯރިޓީއަށް ވަނީ އަންގާފައިވާ ކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:

  • ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މިނީ ފްލޭއަރ، ޕެރަޝޫޓު ފްލޭއަރ

  • ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 300 މީޓަރ

  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރ

  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް

  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ.ގިރިފުއްޓާއި ދިމާމަތި

އެހެންކަމުން އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.