English Edition
Dhivehi Edition

މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް، އެގައުމުގެ ސަރުކާރަށް އ.ދ. ގެ ސެކެރެޓެރީ ޖެނެރަލް ގޮވާލައްވައިފިއެވެ.

އަންގާރަ ދުވަހު އ.ދ. ގެ މައި އިދާރާގައި ނޫސްވެރިންނާ ބައްދަލު ކުރަށްވާ އ.ދ. ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް ވިދާޅުވެފައި ވަނީ ރޮހިންޖާ ދަރިކޮޅު މީހުންނަށް މިވަގުތު ޖެހިފައިވާ ދަތިތަކުގެ ސަބަބުން އެ ސަރަހައްދުގެ ހަމަޖެހުމަށް ބުރު އަރާ ފަދަ ސަބަބަކަށްް އެކަން ވެގެން ދިއުމުގެ މަގުމަތީގައި ވާކަމަށެވެ. ގުޓޭރެސް ވިދާޅުވީ މިޔަންމާ ސަރުކާރުން މިހާރު ހިންގަމުންދާ ހަމަނުޖެހުންތަށް ހުއްޓުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމުގައެވެ. އަދި ސަލާމަތާއި އެހީ ތެރިކަން ބޭނުންވާ ހުރިހާ އެންމެނަށްވެސް ފޯރު ކޮށް ދޭން ޖެހޭ ކަމުގައެވެ.

ފާއިތުވި 11 ދުވަހުގެ ތެރޭގައި ރޮހިންޖާ ދަރިކޮޅުގެ 125000 މީހުން ވަނީ ބަންގާޅަށް ވަދެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަ ކުދިންނެވެ. މި އޮގަސްޓް 25 ހިސާބުގައި ހަމަނުޖެހުން ބޮޑުވެ އަސްކަރީއްޔާއިން ހަމަލާތަށް ދޭން ފަށާފައި ވާއިރު 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.

މިދިޔަ ހަފްތާގައި އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވެމެށް ވެސް ވަނީ މިކަމާ ގުޅިގެން ބާއްވާފައެވެ. ނަމަވެސް މި ބައްދަލު ވުމުގައި ވަކި ގޮތެށް ކަނޑައެޅިފައި ނުވެއެވެ. ގުޓެރޭސް ވަނީ 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހަށް މިމަަށްސަލާއާއި ގުޅިގެން ސިޓީ އެށްވެސް ފޮނުވާފައެވެ. މި ސިޓީގައި އެނާ ވިދާޅުވެފައި ވަނީ ދުނިޔޭގެ ގައުމު ތަކުން މިޔަންމާގެ ހިންގަމުންދާ ކަންކަން ގޯސްވިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ.

އ.ދ. ރެފިއުޖީ އޭޖެންސީ ޔޫއެން.އެޗް.ސީ.އާރް އިންވަނީ މިޔަންމާ ދޫކޮށްދާ މީހުންގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އ.ދ. ރެފިއުޖީ އެޖެންސީގެ ތަރުޖަމާނު ދުންޔާ ޚާން ވިދާޅުވެފައި ވަނީ އެ ގަައުމު ދޫކޮށް އަންނަ މީހުން، އެމީހުންގެ އާއިލާތަށް އަންދާ، ބަޑި ޖަހާ ގަތުލު ކުރަމުންދާ ކަމަށް ބުނަމުން އަންނަ ކަމަށެވެ. އެނާ އިތުރަށް ވިދާޅުވި ގޮތުގައި ގިނަ މީހުން ފިލާފައިވަނީ ޖަންގަލީ ނުވަތަ ފަރުބަދަ މަތީ ސަރަހައްދުންނެވެ. އަދި އެމީހުން ބޯޑަރާ ހަމައަށް އައުމަށް 3 ދުވަސް ވަރު އެށްވެސް އެއްޗެއް ނުކާ ހިންގާފައި އައިސްފައި ވާކަމަށެވެ.

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މީހުންނަކީ، ދުނިޔޭގައި އެންމެ ބޮޑަށް އެބަޔެއްގެ މައްޗަށް އަނިޔާވެރިވެ ލާއިންސާނީ އަމަލު ހިންގަމުން އަންނަ މީހުން ކަމަށް އ.ދ. އިން ވަނީ ބުނެފައެވެ. ރޮހިންޖާ ދަރިކޮޅުގެ އެތަށް ބަޔަކު މިޔަންމާގެ ބުދިސްޓުންގެ ހަމަލާތަކުގެ ދަށު ވަނީ ވެފައެވެ. ގިނަ މީހުން މިކަން ސިފަ ކުރަނީ ނަސްލީ ގޮތުން ރޮހިންޖާ ދަރިކޮޅު މީހުން ނައްތާލަން ކުރާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މިޔަންމާ ސަރުކާރު މިކަން ދޮގު ކުރެއެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް އެތަށް ފަރާތަކުން މިޔަންމާ ސަރުކާރުން އެމީހުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަށް ހިންގަމުން ދާކަމަށް ވަނީ ބުނެފައެވެ.

Migrants, who were found at sea on a boat, collect rainwater during a heavy rain fall at a temporary refugee camp near Kanyin Chaung jetty, outside Maungdaw township, northern Rakhine state, Myanmar June 4, 2015. REUTERS/Soe Zeya Tun