English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަނުގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ދެއްކުން ހުއްޓާލުމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ގޮވާލައިފިއެވެ.

ޝަރީފު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އީސީ ގެ އަގުވައްޓާލަން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށާއި އީސީ ގެ ބަހެއް ނުހޯދާ ހަގީގަތާއި ހިލާފު ވާހަކަށްތައް ނުފެތުރުމަށް ގޮވާލާފައެވެ. “އީސީގެ އަގު ވައްޓާލަން ސާބިތުނުހިފޭ ވާހަކަ ނުދައްކަވާ. މިހާރަށް މައުލޫމާތު ދެއްވި ބޭފުޅަކު ކީއްވެބާ ވިދާޅުނުވީ އީސީގެ ކަންކަން މިހާރު އިސްލާހުކުރެވިފައިވާ ވާހަކަ ހާމަނުކުރެއްވީ، ކޮމިޓީއިން އަޅުގަނޑުގެ ކައިރީގައި ބުނި މި ދެންނެވި ވާހަކަ” ޝަރީފް ވިދާޅުވިއެވެ.

ސިއްރުކޮއްގެން ބޭއްވުނު ކޮމެޓީ ބައްދަލުވުމެއްގައި ދެކެވުނު ވާހަކައެއް އެއީ ހަގީގަތަކަށް ހަދައިގެން އެ ކޮމެޓީ ގެ މެމްބަރަކު ކޮމެޓީ ނަމުގައި ވާހަކަދެއްކިދާނެތޯ ވެސް ޝަރީފުވަނީ ސުވާލު އުފައްދާފައެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަކްރަމް އިސްތިއުފާ ދެއްވީ އެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.

1 ކޮމެންޓް
ބޮލި މުލައް
ނޮވެމްބަރު 22, 2020
ކޮރަޕްޝަނާ ފަސާދަޔާ ޖިންސީ ފުރައްސާރަ ޢާއްމުވެފައިވާ ތަނެއްގައި އޮންނާނީ ކޮން އަގެއް