English Edition
Dhivehi Edition
ގއ. މާނާގަލާ - ފޮޓޯ: ލިންޑްބްލެޑް އެކްސްޕެޑިޝަންސް

ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޑިޒައިން-ބިލްޑް، ފައިނޭންސް، އޮޕަރޭޓް، މެއިންޓެއިން އަދި ޓްރާންސްފަރ އުސޫލުން ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ގއ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ޑިޒައިން-ބިލްޑް ،ފައިނޭންސް ،އޮޕަރޭޓް ،މެއިންޓެއިން އަދި ޓްރާންސްފަރ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މުއްދަތަކީ 12 މަސް ދުވަސް ކަމަށާއި، ހެޗަރީ ހިންގުމަށް ދޫކުރެވޭ މުއްދަތަކީ 20 އަހަރު ދުވަސް ކަމަށް އަދި އެ ޕްރޮޖެކްޓްގައި މާޖިން އޮފް ޕްރިފެރެންސް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް އެ އިޢުލާނުގައި ވެއެވެ.

މީގެ އިތުރުން އެ ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ޕްރޮކިއުމަންޓް އުސޫލުގެ މަތިން، ވަރލްޑް ބޭންކުގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން “ޕްރޮކިއުމެންޓް ރެގިއުލޭޝަން ފޮރ އައި.އީ.އެފް. ބޮރޯވަރސް” ޖުލައި 2016 ގައި ޝާއިރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018ގައި އިސްލާހުކޮށްފައިވާ (“ޕްރޮކިއުމަންޓް ރެގިއުލޭޝަން”) އާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ނެޓް ވޯތްގެ ގޮތުގައި މަދުވެގެން 5 މިލިއަން އެމެރިކާ ޑޮލަރ ހުރުމާއި، އެ ފަރާތުން ޓެންޓޭޓިވް އިންވެސްޓްމެންޓް ޕްލޭން އަދި ޓެންޓޭޓިވް ފައިނޭންސިން ޕްލޭން ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން އެ ފަރާތްތަކަކީ މަދުވެގެން އެއް މެރިން ހެޗަރީއެއް ކާމިޔާބުކަމާއެކު ހިންގާފައިވާ އަދި ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 2.5 މިލިއަން ފިންގަރލިންގްސް އުފައްދާފައިވާ ފަރާތަކަށް ވުމާއި، މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން އެއް މިލްކްފިޝް ހެޗަރީ ކާމިޔާބުކަމާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އަދި ތިން އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 10 ޓަނު އުފައްދާފައިވާ ފަރާތަކަށްވުމާއި، މަސައްކަތަށް ކުރިމަތިލާ ފަރާތް/ސަބްކޮންޓްރެކްޓަރު/ސަބް-ކޮންސަލްޓަންޓަކީ މި ޕްރޮޖެކްޓަށް ހުށަހަޅާ ޓެކްނޮލެޖީ ބޭނުންކޮށްގެން ފާއިތުވި 7 އަހަރުގެ ތެރޭގައި މަދުވެގެން އެއް މެރިން ފިންފިޝް އަދި މިލްކްފިޝް ހެޗަރީ ފަރުމާކޮށްފައިވާ ފަރާތަކަށް ވުމުގެ އިތުރުން މަދުވެގެން އެއް ހެޗަރީ، އަހަރެއްގެ ތެރޭގައި 2.5 މިލިއަން ކުދިފާނަ އުފެއްދުމުގެ ކެޕޭސިޓީއާއެކު ފާއިތުވި 7 އަހަރުގެ ތެރޭގައި ކާމިޔާބު ކަމާއެކު އުފައްދާ ކޮމިޝަން ކޮށްފައިވާ އަދި ހެޗަރީ ކާމިޔާބުކަމާއެކު މަދުވެގެން 1 އަހަރު ދުވަހަށް ހިންގާފައިވާ ފަރާތަކަށްވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ މަޝްރޫޢަށް ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 05 ޖަނަވަރީ 2021 ވަނަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާ ކުރާ މާލަމުގައެވެ.