English Edition
Dhivehi Edition
ފުވައްމުަލަކުގައި ހުންނަ އައިޔޫއެމްގެ ލާނިންގ ސެންޓަރ - ފޮޓޯ: ގޫގުލް މެޕްސް (ޢަލީ ފަހުމީ)

ފުވައްމުލައް ސިޓީގައި ހުންނަ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލާރނިންގ ސެންޓަރުގެ 2020 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

އައިޔޫއެމް އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައިޔޫއެމް ލާރނިންގް ސެންޓަރުތަކުގެ 2020 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިހާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ހަތަރު މީހަކު ބޭނުންވާ ކަމަށެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް މުސާރައިގެ ގޮތުގައި ކޮންމެ ސެޝަނަކަށް 300ރ. ލިބޭނެއެވެ.

އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުމާއި، އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެންގިފައިވާ މީހެއް ކަމުގައިވުމާއި، އިންވިޖިލޭޓް ކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 25 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އައިޔޫއެމް ލާރނިންގ ސެންޓަރު – ފުވައްމުލަކު ސިޓީ (ކުރީގެ މިސްކިތް މަގު އަންހެނުންގެ ކޮމިޓީގެ ޢިމާރާތް) އަށް ހުށަހެޅުމަށް އައިޔޫއެމް އިން ވަނީ އެދިފައެވެ.