English Edition
Dhivehi Edition
10 އޮގަސްޓް 2020 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި ބަންގްލަދޭޝަށް ފުރި އެޤައުމުގެ ބައެއް ރައްޔިތުން - ފޮޓޯ: މޯލްޑިވިއަން

ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެ ސިޓީން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެއްގަމު ލައިސަންސް އަލަށް ނެގުމަށާއި ކެޓަގަރީ އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުވައްމުލަކުން ލައިސަންސް ނެގޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އިން ބިދޭސީންނަށް ލައިސަންސްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލަސަންސް ދޫކުރުމުގެ ޤަވާޢިދުގައި ބަޔާންވެގެންވާ ކަންކަން ފުރިހަމަވުމުން ކަމަށާއި، އެ ފަރާތްތަކަށް ލައިސަންސް ދޫކުރެވޭނީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާޢިދު އެގޭތޯ ބެލުމަށް ބާއްވާ ތިޔަރީ އަދި ޑްރައިވިންގް އިމްތިހާނުން ފާސްވުމުން ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނެގުމަށާއި، ކެޓަގަރީ އިތުރުކުރުމުގެ ޚިދުމަތަށް އެދި އެ އިދާރާ އަށް 18 ނޮވެމްބަރ 2020 އިން ފެށިގެން ހުށަހެޅޭނެ ކަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.