English Edition
Dhivehi Edition
ފޮޓޯ: ފޭސްބުކް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގދ. އަތޮޅުގެ 3 ރަށެއްގެ ފެނާއި ނަރުދަމާ ޕްރޮޖެކްޓް ބިޑަށް ހުޅުވާލައިފިއެވެ.

ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމުގައިވާ “އައިލްސް” އިން ހާމަކޮށްފައިވާ ގޮތުގައި ގދ އަތޮޅުގައި ފެނާއި ނަރުދަމާ ޕްރޮޖެކްޓް ހިންގުމަށް ހަމަ ޖެހިފައިވަނީ އެ އަތޮޅުގެ މަޑަވެލި، ހޯނޑެއްދޫ އަދި ފަރެސްމާތޮޑާގައެވެ. މި މަޝްރޫއު ހިންގުމަށް ނިންމައިފައިވަނީ ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ Gގެ ދަށުންނެވެ. އެގޮތުން މި ޕްރޮޖެކްޓް 35 ރަށެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި އެ ޕްރޮޖެކްޓަށް ޕްރިކޮލިފިކޭޝަން އަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޕްރިކޮލިފައިވި ފަރާތްތަކުގެ ތަފްޞީލު 01 އޮކްޓޯބަރ 2020 ގައި އިންޑިއަން އެގްޒިމް ބޭންކުން ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ލިބިފައެވެ. އަދި ޕްރިކޮލިފައިވި ފަރާތްތަކަށް 22 އޮކްޓޯބަރ 2020 ގައި ޓެންޑަރ ޑޮކިއުމަންޓް އިޝޫކުރެވި ބިޑަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ބިޑު ހުށަހަޅަންޖެހޭ ތާރީޚަކީ 06 ޑިސެމްބަރ 2020 އެވެ.

މި ޕްރޮޖެކްޓަށް ބަޖެޓު ހަމަޖައްސަން ނިންމައިފައިވަނީ ދިވެހި ސަރުކާރުންނާއި ކޮމާޝަލް ލޯން އެހީގައެވެ. އެގޮތުން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި 104,874,501 (ސަތޭކަ ހަތަރު މިލިއަން އަށް ލައްކަ ހަތްދިހަ ހަތަރު ހާސް ފައްސަތޭކަ އެކެއް) ރުފިޔާ ހިމަނާފައެވެ. އެއީ ދިވެހި ސަރުކާރުން 20,151,753 (ވިހި މިލިއަން އެއް ލައްކަ ފަންސާސް އެއް ހާސް ހަތްސަތޭކަ ފަންސާސް ތިނެއް) ރުފިޔާ އަދި 84,722,748 (އައްޑިހަ ހަތަރު މިލިއަން ހަތް ލައްކަ ބާވީސް ހާސް ހަތްސަތޭކަ ސާޅީސް އަށެއް) ރުފިޔާއެވެ. މި ޕްރޮޖެކްޓް މަޑަވެލި، ހޯނޑެއްދޫ އަދި ފަރެސްމާތޮޑާގައި ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ.