English Edition
Dhivehi Edition

ފިރިހެނުންނާއި ފިރިހެން ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ޓަކައި މުޖުތަމަޢު އަދި އާއިލާ ތެރޭގައި އެކަކު އަނެކަކަށް އަޅާލައި އެހީތެރިވުން މުހިންމުކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން، މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ހުރިހާ ފިރިހެނުންނާއި ފިރިހެން ކުދިންނަށް އަރިސްކުރަމުން އެ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުން ފިރިހެނުންނާއި ފިރިހެން ކުދިންގެ ސިއްޙަތާއި، ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމާއިއެކު، މިންތީގެ ގުޅުންތައް އާލާކޮށް، ދިރިއުޅުމުގައި އަދި ޢާއިލާ ބިނާކުރުމުގައި ފިރިހެނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރާކަމަށެވެ.

ނޮވެމްބަރު 19 ވަނަ ދުވަހު މުޅި ދުނިޔޭގައި ބައިނަލްއަގްވާމީ ފިރިހެން ދުވަސް ފާހަގަކުރަނީ، ދުނިޔެ އާއި އާއިލާތަކާއި އަދި މުޖުތަމައު އަށް ފިރިހެނުން ގެނެސްދޭ ހެޔޮ އުސޫލުތަކާއި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ. އެގޮތުން މި އަހަރުގެ ޝިއާރަކީ ‘ފިރިހެނުންނާއި ފިރިހެން ކުދިންނަށް ދުޅަހެޔޮ ސިއްހަތު’ އެވެ.