English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަހްމަދު އަކްރަމް - ފޮޓޯ: ފަޔާޒް މޫސާ (ސަން)

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް، އަޙްމަދު އަކްރަމް އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެގޮތަށް މިއަދު ފާސްކޮށްފައި ވަނީ އީސީގެ އަންހެން މުވައްޒަފުންތަކަކަށް އަކްރަމް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުތަކާ ގުޅޭ މައްސަލަ ބެލުމަށްފަހު އެވެ.

އެ މައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އަކްރަމް އާއި، އީސީގެ މެންބަރުންގެ އިތުރުން އެ މައްސަލައިގައި އަކްރަމް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތްވެސް ކޮމިޓީއަށް ހާޒިރުކޮށް، ސުވާލުކޮށްފައެވެ.

2015 ވަނަ އަހަރު އީސީ އާއި ގުޅިވަޑައިގަތް އަކްރަމް ވަނީ މިދިޔަ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އީސީގެ ނައިބު ރައީސް ކަމަށް އައްޔަންކޮށްފައެވެ. އޭނާގެ މެންބަރުކަމުގެ ދައުރު ހަމަވުމާއި ގުޅިގެން، މެންބަރުކަމުގެ ދެވަނަ ދައުރަކަށް އަކްރަމް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 18 މާރިޗު 2020 ވަނަ ދުވަހުއެވެ.