English Edition
Dhivehi Edition

ގދ. ތިނަދޫގައި ރަހީނުކޮށްފައި ހުރި 38 އަހަރުގެ ދިވެހި ފިރިހެނަކު ސަލާމަތްކޮށްފިއެވެ

ފުލުހުން ހާމަކުރި ގޮތުގައި އެމީހާ ރަހީނުކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށައަޅާފައިވަނީ މިއަދު 17:00 ހާއިރުއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި ފުލުހުން މި މައްސަލައާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ 4 ދިވެހިން ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ 38 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހަކާއި، 52 އަހަރުގެ މީހެކެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.