English Edition
Dhivehi Edition

ރޭ ކާގޯ ބޯޓަކަށް ކޮންޓޭނަރ ބަރުކުރަމުން ދަނިކޮށް ހިނގި ހާދިސާއަކީ ކޮންޓޭނަރު ވެއްޓި، ނުވަތަ ކޮންޓޭނަރ އަރިއަޅާލައިގެން ހިނގި ހާދިސާ އެއް ނޫން ކަމަށް އެމްޕީއެލުން ބުނެފިއެވެ.

އެމްޕީއެލުން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން އަބަދުވެސް މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި، އެހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އަޙައްމިޔަތުކަމެއް ދޭ ކަމަށެވެ. އަދި ރޭގެ ހާދިސާ ދިމާވިއިރު، އެ ހާދިސާގައި ޒަހަމްވި މުވައްޒަފުވެސް ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.މީގެ އިތުރުން އެމްޕީއެލް އިން ބުނެފައިވަނީ މި ހާދިސާ ހިނގަން ދިމާވި ސަބަބު އިތުރަށް ތަހްޤީޤްކުރަމުންދާ ކަމަށާއި އެ ކުންފުނިން އަމަލުކުރަމުންދާ ސަލާމަތީ ގަވާއިދުތަކުގެ ތެރެއިން، އެއްވެސް ކަމެއް ފުރިހަމަ ނުވެ ހުރިކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ރޭ ހިނގި ހާދިސާގައި އަނިޔާވެފައިވަނީ އެމްޕިއެލްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފަކަށެވެ.