English Edition
Dhivehi Edition
މޯލްޑިވްސް މީޑިއާ ކައުންސިލް - ފޮޓޯ: އެޓޯލް ނިއުސް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ހޯމް މިނިސްތްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 5 ވަނަ ދައުރު ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ހޯމް މިނިސްޓްރީން ބުނީ ރަޖިސްޓްރޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގަންނާނީ، ނޮވެމްބަރު 19، 22، 23، 24، 25 މި ދުވަސްތަކުގެ ހެނދުނު 09:00 ން ފެށިގެން މެންދުރު 13:30 އަށް އެ މިނިސްޓްރީން ކަމަށެވެ.