English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގައި މި ވަގުތު ތިބި މެމްބަރުންގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާތީ އެ ކައުންސިލަށް އާ މެންބަރުން އިންތިހާބުކޮށްފިއެވެ.

15 މެމްބަރުން ހިމެނޭ މީޑިއާ ކައުންސިލުން ހުސްވެފައިވާ 10 ގޮނޑީގެ ތެރޭގައި ހިމެނެނީ މީޑިއާ ތަމްސީލްކުރާ 7 ގޮނޑިއާއި އަމިއްލަގޮތުން ވާދަކުރާ 3 ގޮނޑިއެވެ. އިއްޔެ އިންތިޚާބު ކުރިއަަށް ގެންގޮސްފައިވަނީ ހުސްވެފައިވާ 10 ގޮނޑިއަށް މެންބަރުން ހޮވުމަށެވެ.

މި އިންތިހާބުގައި މީޑީއާތަކާއި އާންމު ފަރާތްތަކުން 22 ކެންޑިޑޭޓުން ވަނީ ވާދަކޮއްފައެވެ. އަދި 139 މީޑީއާއަކުން ވަނީ ވޯޓުލާފައިވެ.

އިންތިހާބުކުރި މެންބަރުންނާއި ވޯޓްގެ އަދަދު:

  • ފާތިމަތު ޝަނާ މުހައްމަދު (މިހާރު އޮންލައިން): 118
  • ނަޖާހު މަސްއޫދު (ވަގުތު އޮންލައިން): 117
  • ހަސަން ޝާކިރު (އާފަތިސް އޮންލައިން): 93
  • ހަފްސީ އަބްދުﷲ (ހަފްސީ ޑޮޓްކޮމް): 75
  • ހުސައިން ޝަގީފް (ތިލަދުން އޮންލައިން): 74
  • ހުސެއިން ހަސަން (ހަތާވީސް އޮންލައިން): 74
  • ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް އޮންލައިން): 71
  • އިބްރާހިމް ފައުޒީ (އަމިއްލަ ގޮތުން): 80
  • ފާތިމަތު ފަހުމީ (އަމިއްލަ ގޮތުން): 76
  • އިބްރާހިމް މުހައްމަދު (އަމިއްލަ ގޮތުން): 49

މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަަހަރެވެ. އެ ކައުންސިލުގެ މެމްބަރުކަން ޖެހިޖެހިގެން ދެ އަހަރު ވަންދެން އެއް މެމްބަރަކަށް ނުކުރެވޭނެއެވެ.

މީޑިއާ ރެގިއުލޭޓްކުރުމުގެ އިތުރުން މި ކައުންސިލުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކޮންމެ އަހަރަކު ނޫސްވެރިކަމުގެ އިނާމު ދިނުން ހިމެނެއެވެ.