English Edition
Dhivehi Edition

ވިންޑް ސާފިންގ ބޯޑެއްގައި ލ. މާމެންދޫ އިން ކ. ހިތަދޫ އަށް ދަތުރުކުރަނިކޮށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އެ ދެމީހުންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށާއި މިހާރު އެމީހުން ކޯސްޓްގާޑު ލޯންޗަށް ނަގައިފައިވާ ކަމަށެވެ. އަދި އެ ހާދިސާ މިހާރު ފުލުހުން ބަލަމުންދާކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ އެކި ރަށްތަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.