English Edition
Dhivehi Edition
އައްޑޫ ސިޓީގެ ކަނޑުގެ ސަރަޙައްދަށް ވެއްތުނު "ލޫން ޕްރޮޖެކްޓް"ގެ ބެލޫނެއް - ފޮޓޯ: އެމްއެންޑީއެފް

ގޫގުލް “ޕްރޮޖެކްތް ލޫން”ގެ ބެލޫނެއް މިރޭ ދ. އަތޮޅު ކަނޑުގެ ސަރަޙައްދަށް ތިރިކުރާނެ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެގޮތުން އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޕްރޮޖެކްޓް ލޫންގެ ބެލޫނެއް މިރޭ 21:00 ހާއިރު ދ. އަތޮޅު ކަނޑުގެ ސަރަޙައްދަށް ތިރި ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އެކަން މޮނީޓަރ ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ދުނިޔޭގެ ރޫރަލް އަދި އެކަހެރި ސަރަޙައްދުތަކަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ގޫގުލް އިން ކުރިއަށްގެންދަ “ޕްރޮޖެކްޓް ލޫން”ގެ ބެލޫނެއް ވަނީ މީގެ ކުރިން ގދ. ވާދޫގެ ހުޅަނގުން އައްޑޫ ސިޓީގެ ކަނޑުގެ ސަރަޙައްދަށްވެސް ވެއްޓިފައެވެ. އެ ބެލޫން ވެއްޓުމާ ގުޅިގެން ސިފައިން ވަނީ އެ ބެލޫން ނަގައިފައެވެ.

މީގެ އިތުރުން އޮކްޓޫބަރު 29 ވަނަ ދުވަހުވެސް ގދ. އަތޮޅު އެތެރެވަރިން ނަޑެއްލަ އާއި މަޑަވެއްޔާ ދޭތެރެއަށްވެސް ލޫން ޕްރޮޖެކްޓްގެ ބެލޫނެއް ވަނީ ވެއްޓިފައެވެ.