English Edition
Dhivehi Edition
ނ. ހޮޅުދޫގެ އަންހެން ދަނޑުވެރިންތަކެއް - ފޮޓޯ: ޔޫއެން މޯލްޑިވްސް

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ “ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު” ގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ ގަވާއިދަށް ޚިޔާލު ހުށަހެޅުއްވުމަށް ފޯމު ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުން ވެލައްވާނަމަ، 3339242، 3339209 އަދި 3339208 ނަންބަރު ފޯނަށް ގުޅުއްވުމަށް އެ މިނިސްޓްރީން އެދެއެވެ.

އެ ޤަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.