English Edition
Dhivehi Edition

ސ.މަރަދޫ ހިޔައު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މުޅި އައްޑޫއަށް އަމާޒުކޮށްގެން ބޭއްވި “އުރީދޫ ހިޔައު އީދު އުފާ 1438″ގެ ހަރަކާތްތަށް ނިންމާލާއިފިއެވެ. ހިޔައު ޖަމިއްޔާގެ އީދު އުފާ 1438 ނިންމުމުގެ ރަސްމީޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސާދިގްއެވެ.

ހިޔައު ޖަމިއްޔާގެ އީދު ހަރަކާތްތައް ނިންމާލާފައިވަނީ މި އީދުގައި ބޭއްވި އެންމެ ފޯރިގަދަ ހަރަކާތް ކަމުގައި ވާ ވާދެމުމުގެ ފައިނަލް މެޗުތަކަށް ފަހު ރޭ މަރަދޫ ޕާކްގައި ބޭއްވި ރަސްމީޔާތަށް ފަހުގައެވެ. ހިޔައު ޖަމިއްޔާއިން ވަނީ މިއަހަރު އީދާއި ދިމާކޮށް އީދު ސައި،އާއިލީ ހަވީރު،މަސްރޭސް،ފެތުމުގެ މުބާރާތް އަދި ވާދެމުމުގެ މުބާރާތް މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާފައެވެ.

ހިޔައު ޖަމިއްޔާއިން މި އަހަރު ބޭއްވި ވާދެމުމުގެ މުބާރާތުގައި 11 ޓީމް ބައިވެރިވެފައިވާ އިރު މިއަހަރު މުބާރާތުގެ އަންހެން ޗެމްޕިއަންކަން އޭޕީއެސް ހޯދިއިރު ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ގޯދިއްޔާއެވެ.

ހިޔައު ޖަމިއްޔާގެ 2017 ވަނަ އަހަރުގެ މަސްރޭހުގެ އެއްވަނަ ޓީމް ބޭކް ހޯދިއިރު މަސްރޭހުގެ އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ލިލީގެ ޒާހިދާއެވެ.