English Edition
Dhivehi Edition
ހިޔައު ޖަމިއްޔާގެ ފަރާތުން މިދިޔަ އަހަރު ބޭއްވި އީދުއުފާގެ ތެރެއިން

މަރަދޫ ހިޔައު ޖަމިއްޔާއިން އިސްނަގައިގެން “ހިޔައު އީދު އުފާ”ގެ ނަމުގައި ބޭއްވުމަށް ހަމަޖައްސާފައިވާ މަސްރޭހާއި ވާދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ އަޟްހާ އީދާ ދިމާކޮށް ހިޔައު އިން ކުރިއަށް ގެންދާ މި މުބާރާތްތަކުގައި އައްޑޫގެ ހުރިހާ ރަށެއްގެ މީހުންނަށް ބައިވެރިވެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަށާއި ރަށުގެ އިޖްތިމާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ބާއްވާ މި މުބާރާތްތަކުގައި ކޮންމެ ރަށަކުން ވެސް އަންހެން ފިރިހެން ޓީމްތައް ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ.މި ގޮތުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 25 އޮގަސްޓް ވާ ހުކުރު ދުވަހުގެ 23:00 ގެ ކުރިން 150ރ އާއި އެކު ފޯމް ހުށައެޅުމަށް ހިޔައު ޖަމިއްޔާއިން އެދިލައްވައެވެ.

ހިޔައު ޖަމިއްޔާއިން ވަނީ މީގެ ކުރިން ވެސް އައްޑޫގައި އީދު ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ. އެ ޖަމިއްޔާ އިން ވަނީ އީދު ފާހަގަ ކުރުމުގެ ގޮތުން އާއިލީ ހަވީރަކާއި މޫދު ކުޅިވަރުގެ އިތުރުން އީދު ބޮޑު ޖަމާއަތް އައްޑޫގައި ބާއްވާފައެވެ.

ހިޔައު ޖަމިއްޔާ 1438 ވަނަ އަހަރުގެ އީދު އުފާގައި ހިމެނޭ އެއްވެސް ކުޅިވަރާކާއި ބެހޭގޮތުން ނުވަތަ އީދު އުފާ އާއި ގުޅޭ ހުރިހާ މައުޟޫމާތު ސާފުކުރުމަށް ހިޔައުގެ ނަންބަރު 7955243 އާއި ގުޅުމަށް ހިޔައު އިން އެދިލައްވައެވެ.

ހިޔައު ޖަމިއްޔާއިން ވަނީ މިއަހަރު ވެސް ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ނިންމާފައެވެ. އެގޮތުން އީދު ނަމާދުގެ ބޮޑު ޖަމާއަތުން އީދު ދުވަސް ފަށާއިރު އީދު ސައި ތައްޔާރުކުރުމާއި ތަފާތު ކުޅިވަރުތައް ބޭއްވުމަށް ވަނީ ހަަމަޖައްސާފައެވެ.