English Edition
Dhivehi Edition

ސ.މަރަދޫ ޖަމިއްޔާ އެއްކަމުގައި ވާ “ހިޔައު” ޖަމިއްޔާއިން 2017 ވަނަ އަހަރުގެ އެ ޖަމިއްޔާ ހިންގުމުގެ ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ. ހިޔައު ޖަމިއްޔާ ހިންގުމުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހު 6ވަނަ ދުވަހު އެ ޖަމިއްޔއިން ނެރެފައިވާ އިއުލާނެއްގައެވެ. މިގޮތުން ހިޔައު އިން ވަނީ ޖުމްލަ 26 މަގާމަކަށް ޝައުގުވެރިވާ ފަރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުށައަޅާފަައެެވެ.މި މަގާމު ތަކަކީ ޖަމިއްޔާ ރައީސް،ނައިބު ރައީސް،ޖެނެރަލް ސެކްރެޓަރީ،ޖެނެރަލް ސެކެރެޓަރީގެ ނައިބު،ހަޒާންދާރު،އަންހެން ގޮފީގެ ރައީސް ނައިބު ރައީސް، ސިއްހީ ގޮފީގެ ރައީސް ނައިބު ރައީސް،ސިއްހީ ގޮފީގެ ސެކެރެޓަރީ،ތިމާވެށި ގޮފީގެ ރައީސް ނައިބު ރައީސް،ތިމާވެށި ގޮފީގެ ސެކެރެޓްރީ،ދީނީ ގޮފީގެ ރައީސް،ދީނީ ގޮފީގެ ނައިބު ރައީސް،ދީނީ ގޮފީގެ ސެކްރެޓަރީ،ތައުލީމީގޮފީގެ ރައީސް،ތައުލީމީ ގޮފީގެ ނައިބް ރައީސް،ތައުލީމީ ގޮފީގެ ސެކްޓަރީ،އިޖްތިމާއި އިގްތިސާދީ ގޮފީގެ ރައީސް،އިޖްތިމާއި އިގްތިސާދީ ގޮފީގެ ނައިބު ރައީސް،އިޖްތިމާއީ ގޮފީގެ ސެކްރެޓަރީ އާއި ކުޅިވަރު ގޮފީގެ ރައީސް ނައިބްެ ރައީސް އަދި ކުޅިވަރު ގޮފީގެ ސެކެރެޓަރީއެވެ. ހިޔައު ޖަމިއްޔާގެ ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު ޝައުގުވެރިވާ ފަރާތަކުން އެ ޖަމިއްޔާއަށް ސިޓީއަކުން އެކަމަށް އެދި ހުށަ އެޅުމަށްެވެސް އެޖަމިއްޔާއިން އެދިލަށްވާފައިވެއެވެ. އަދި ހަމަ އެހެންމެ އިތުރު މައުލޫމާތު ސާފު ކުރުމަށް ޖަމިއްޔާގެ ނަންބަރ 7955243އަކަށް ގުޅާލުމުން އެކަންތައް ސާފުކޮށްދެއްވާނެކަމަށް ހިޔައު ޖަމިއްޔާއިން މައުލޫމާތުދެއެވެ. ހިޔައު ޖަމިއްޔާގެ މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި ހުސެއިން އައުޒާރު(ޒޯރޯ) ބުނީ ހިޔައު ޖަމިއްޔާގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ވެސް ހުޅުވިފައިވާ ކަމަށާއި ކޮންމެ މަގާމަކަށް ވެސް އެއް މެންބަރަށް ވުރެން އިތުރަށް ކުރިމަތި ލާފައިވާނަމަ އެމާގާމެއް ހޮވާނީ އާންމު މެންބަރުންގެ މެދުގައި މި ޖުލައި 21ވަނަ ދުވަހު ބާއްވާ ވޯޓަކުންކަމަށެވެ . އަދި ހަމަ ޒޯރޯ އިތުރަށް ބުނެފައިވަނީ ޖަމިއްޔާގެ ހަރަކާތްތައް އިތުރުކޮަށް މީގެ ކުރިން ޖަމިއްޔާގެ ކަންތައް ދިޔަ ގޮތަށް ވަރަށް ހަރަކާތެރި ކުރުވުމަށް ކަމަށެވެ. ހިޔައު ޖަމިއްޔާއިން ވަނީ ފާއިތު ވި އަހަރު ތަކުގައި އައްޑޫގައި ފާހަގަ ކޮށްލޭވޭ ގިނަ ހަރަކާތްތައް ހިންގާފައެވެ.މިގޮތުން ބަށި މުބާރާތް ތަކާއި އީދު ކުޅިވަރު އަދި އީދު ސައި، ކާބޯތަކެތީގެ މައުރަޒު، ރަމަޟާންމަސް އިހުޔާކުރުމުގެ ދަރުސް، ނައިޓް މާކެޓް އަދި މަގުއޮޅިފައިވާ ކުދިންނަށް ކައުންސެލިން ދިނުން ފަދަ ތަފާތު ގިނަ ހަރަކާތްތައް ހިންގާފައިވެއެވެ.