English Edition
Dhivehi Edition

އަންނަ އަޟްޙާ އީދު ދުވަހަށް ޚާއްޞަކޮށްގެން މަރަދޫ ހިޔައު ޖަމިއްޔާއާއި އަދި މަރަދޫގެ ހެޔޮއެދޭ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ޢީދު އުފާ 1438 ގެ ހަރަކާތްތަކުގެ ތެރެއިން ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

5 ޢުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވެވޭ އުމުރު ތަކަކީ

8 އަހަރުން ދަށް

8 އަހަރާއި 12 އަހަރާއި ދެމެދު

12 އަހަރާއި 18 އަހަރާއި ދެމެދު

18 އަހަރާއި 35 އަހަރާއި ދެމެދު

35 އަހަރުން މަތި

ހިޔައު ޖަމިއްޔާއިން ބުނީ ކޮންމެ އުމުރުފުރައަކުން ބައިވެރިވެވޭނީ 25 ފަރާތަކަށް ކަމަށެވެ އަދި މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަމާން ޕްރީސްކޫލުގައި ގާއިމުކޮށްފައިވާ ހިޔައު ޖަމިއްޔާގެ ވަގުތީ އިދާރާއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށެވެ. މީގެ އިތުރުން މައުލޫމާތު ސާފުކުރުމަށް 7414404 ޙުސައިން އައުރާޒް އަދި 7791156 އަތުފާން ޚާލިދު އަށް ގުޅުމުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ހިޔައު އިން ބުނެއެވެ.

ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނީ ބައިވެރިވާ އުމުރު ފުރައިން 25 ބައިވެރިން ހަމަވުމާ ހަމައަށް ކަމަށާއި އެ އަދަދު ހަމަނުވާނަމަ 3 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހުގެ 23:00 އާއި ހަމައަށް ފޯމު ބަލައި ގަނެވޭނެ ކަމަށް ހިޔައު ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާ ކުރުމާއެކު އާއިލީ އަދި ރަށުގެ އިޖުތިމާއިީ ގުޅުން ބަދަހިކުރުމުގެ މަގުޞަދުގައި ހިޔައު ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ ހިޔައު އުފާގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ހުރިހާ އަވަށެއްގެ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ކުރިއަށް ގެންދާ މަސްރޭހާއި ވާދެމުން ފަދަ ކުޅިވަރުތަކަށް ފޯރިއާއެކު މީހުން ތައްޔާރުވަމުންދާ ކަމަށް ހިޔައު އިން ބުނެއެވެ.