English Edition
Dhivehi Edition
25 އޮގަސްޓް 2020: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އާންމު އިންތިޚާބުގެ ތެރެއިން - ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކުޅުންތެރިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގައި ރަޖިސްޓްރީ ކުރުމަށް އެ ބޯޑުން ނިންމައިފިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކްރިކެޓްގެ ހަރަކާތްތައް ރާއްޖޭގައި ހިންގާ ފުޅާ ކުރުމަށާއި، ކުޅުންތެރިންނާއި ކްލަބްތަކަށް އެ ބޯޑުން ދެމުން ގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖޭގައި ކްރިކެޓް ކުޅޭ ހުރިހާ ފަރާތްތައް 31 ޑިސެމްބަރ 2020 ގެ ނިޔަލަށް އެ ބޯޑުގައި ރަޖިސްޓްރީ ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިގޮތަށް ހަމަޖެހުމާއި ގުޅިގެން، ބޯޑުން ރާވާ ހިންގާ ކްރިކެޓް ގެ ޙަރަކާތްތަކުގައި ބައިވެރިވެ، އަދި ވަސީލަތްތައް ބޭނުން ކުރެވޭނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގައި ރަޖިސްޓަރ ވެފައިވާ ކުޅުންތެރިންނަށް ކަމަށްވެސް އިޢުލާނުގައި ވެއެވެ.

އެ އިޢުލާނުގައި ބުނެފައިވާ ގޮތުން ކުޅުންތެރިން ރަޖިސްޓްރީވުމުގެ ކަންތައް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާނީ ގޫގަލް ފޯމް މެދުވެރިކޮށެވެ. އެ ފޯމް ބޯޑުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ދަތިވާ ފަރާތަތަކަށް ރަޖިސްޓްރީކުރުމަށް ބޭނުންވާ ފޯމް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އޮފީހުން ލިބޭނެ ކަމަށާއި، އޮފީސް ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވެހެއްގެ ހެނދުނު 9:00 – 15:00 އަށް ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.