English Edition
Dhivehi Edition
އައްޑޫ ފުޓުބޯޅަ މުބަރާތް 2019 / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ކައުންސިލުން އިންތިޒާމްކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން “އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020″ގެ ނަމުގައި ފުޓުބޯޅަ މުބާރާތް 08 ޖަނަވަރީ 2021 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް 18 ނޮވެންބަރު 2020 ވާ ބުދަ ދުވަހުން ފެށިގެން ކައުންސިލްގެ އިދާރާއިންނާއި، ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުން ލިބެން ހުންނާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

ވީމާ އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ “ސްޕޯޓްސް ކޮމިޝަން” ގައި ރަޖިސްޓްރީވެފައިވާ ކުލަބް ޖަމްޢިއްޔާތަކުން ފޯމު ފުރިހަމަ ކުރައްވައި 15 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅުއްވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމް ލިސްޓް 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

އެ އިޢުލާނުގައި ކައުންސިލުން ވަނީ އެ މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީގެ މެމްބަރު އަޙުމަދު ވަހީދު (7859566) އަށް ގުޅުއްވުމަށް އެދިފައެވެ.