English Edition
Dhivehi Edition
ބީސީސީގެ ގއ. ވިލިނގިލި އައުޓްލެޓް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުމާލެ އާއި އައްޑޫ ސިޓީގައި ގާއިމުކުރަން ހަމަޖެހިފައިވާ ޕެކޭޖިންގ ފެސިލިޓީއަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީސީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހު ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މީޓިންގ ރޫމްގައި ކަމަށާއި، އެ ޕްރޮޖެކްޓާއި ބެހޭ އެންމެހާ މައުލޫމާތު ޓާރމްސް އޮފް ރެފަރެންސްގައި ހިމަނާފައިވާނެ ކަމަށެވެ.

ބީސީސީން ހާމަކުރާ ގޮތުގައި މި މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކުސް ދިނުމުގައި ބަލާނީ މަސައްކަތުގެ އަގާއި ތަޖުރިބާއަށް ކަމަށެވެ. އެގޮތުން މަސައްކަތުގެ އަގަށް 60% ކަނޑައަޅާފައިވާއިރު، ތަޖުރިބާއަށް ކަނޑައަޅާފައިވަނީ 40% މާކުސް އެވެ.

އެގޮތުން އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާކުސް ލިބޭނެ ކަމަށާއި، ތަޖުރިބާއަށް މާކުސް ދެވޭނީ ކޮށްފައިވާ އެފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ، ކޮންމެ މަސައްކަތަކަށް ފަސް ޕޮއިންޓް ލިބޭނެ ކަމަށް ބީސީސީން ހާމަކުރެއެވެ.