English Edition
Dhivehi Edition
ތިނަދޫގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ/ ފޮޓޯ އޭއޯ ނިއުސް

ގދ.ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ކުޑަހުޅު ބިންދައިގެން ހިނގައްޖެއެވެ.

ރޭ ގާތްގަނޑަކަށް 10:15 ގައި ތިނަދޫ ރަސްމީ ބޯޅަދަނޑުކައިރިން އެވިޑްކޮލެޖް ކުރިމަތިން ހިނގި މި އެކްސިޑެންޓްގައި ކާރުދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް ސައިކަލް ދުއްވަން އިންމީހާގެ ފައިގެ ކުޑަހުޅު ބިންދައިގެން ދިޔުމުގެ ސަބަބުން ރޭ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި އޭނަގެ ފައި އޮޕަރޭޝަން ކޮށް ފައިތިލައާއި ހުޅުގައި ބޮލްޓް އަޅުވާފައިވާ ކަމަށް އާއިލާއިން “އޭއޯ ނިއުސް” އަށް ވަނީ މައުލޫމާތު ދީފައެވެ. އަދި އޭނަގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އާއިލާއިން ބުނެއެވެ.

ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ އެރަށުގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގައިގެން މީހަކު ގެނައި ކަމަށެވެ.

އެ ހާދިސާގައި ސައިކަލާއި ކާރަށް ލިބުނު ގެއްލުންތަކެއް އަދި ނޭނގެއެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.