އައްޑޫސިޓީ ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ހިންގަމުންދާ، ބަނދަރު ފުން ކުރުމުގެ މަސައްކަތުގެވެސް 53 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއްވައެވެ.
Work on design and build of S. Hulhudhoo Harbour is underway, with overall 38% project progress. Dredging works for the project is currently ongoing, with 53% completion. pic.twitter.com/m7A9Klcg4W
— MTCC Plc (@MTCCPlc) November 10, 2020
މި މަޝްރޫޢުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނިފައިވެއެވެ.. އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 65.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 01 މާރޗް 2020 ގައެވެ.