English Edition
Dhivehi Edition
Mandatory Credit: Photo by Evan Vucci/AP/Shutterstock (10434333bm) Donald Trump, Sauli Niinisto. President Donald Trump speaks during a meeting with Finnish President Sauli Niinisto in the Oval Office of the White House, in Washington Trump, Washington, USA - 02 Oct 2019

އެމެރިކާގައި މިހާރު ކުރިޔަށްދާ އެޤައުމުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އެޤައުމުގެ މިހާރުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ 59 ވަނަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމާލުމަށްފަހުން ވޯޓުތައް ގުނުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާއިރު މުޅި އެމެރިކާގެ އިތުރުން ދުނިޔެ ވެސް ވަނީ އެމެރިކާގެ ވެރިއަކަށް ހޮވޭނެ ފަރާތެއްގެ އިންތިޒާރުގައި ކެތްމަދުވެފަ އެވެ.

އިންތިޚާބުގައި ނިކުންނަ ކޮންމެ ނަތީޖާއަކާއިވެސް ކުރިމަތިލާން އޭނާ ތައްޔާރަށް ހުރިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ މިފަހަރުގެ ރިޔާސީ ރޭހުން ކާމިޔާބު ލިބޭނެ ކަމުގެ އުންމީދުގައި ހުރިކަމަށެވެ، އަދި އިންތިޚާބުން ކުރި ހޯދުމަކީ އޭނާއަށް ވަރަށް ފަސޭހައިން ހާސިލް ކުރެވިދާނެ ކަމެއް ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.

މިހާރު ގުނަމުންދާ ނުރަސްމީ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޑިމޮކްރެޓް ކެނޑިޑޭޓް ޖޯ ބައިޑެން އާއި މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެނޑިޑޭޓް ޑޯނަލްޑް ޓްރަމްޕް ދެމެދުގެ ފަރަގު ބޮޑެވެ. އޭޕީ ނިއުސްގެ ނަތީޖާއަށް ބަލާނަމަ މިވަގުތު އިންތިހާބުގެ ކުރީގައި އުޅުއްވަނީ ޖޯ ބައިޑެން އެވެ. ޖޯ ބައިޑެންއަށް 209 އިލެކްޓޯރަލް ވޯޓްސް ލިބިފައިވާއިރު ޓްރަމްޕް އަށް ވަނީ 112 އިލެކްޓޯރަލް ވޯޓް ލިބިވަޑައިންނަވާފައެވެ.

މިފަހަރުގެ އިންތިޚާބުން ޓްރަމްޕް އަށް ނާކާމިޔާބު ވެއްޖެނަމަ އޭނާ ވާނީ 1992 ވަނަ އަހަރަށްފަހު އެމެރިކާގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުނުވާ ފުރަތަމަ ފަހަރަށެވެ. އެންމެ ފަހުން ދެވަނަ ދައުރެއްގެ އިންތިޚާބުން ބަލިވި ރައީސަކީ ޖޯޖް ޑަބްލިއު ބުޝްގެ ބައްޕާފުޅު، ޖޯޖް އެޗް.ޑަބްލިއު ބުޝް އެވެ.