English Edition
Dhivehi Edition

ކާޑެއްދޫ އެއާޕޯޓަކީ ހުވަދުއަތޮޅުގައި އެންމެ ފުރަތަމަ ތަރައްޤީކޮށް އޮޕަރޭޓްކުރަން ފެށި އެއާޕޯޓެވެ. ހުވަދުއަތޮޅުގެ އެންމެހާ ރައްޔިތުންނާއި އަތޮޅަށް އަންނަ ފަތުރުވެރިންވެސް 2012 ވަނަ އަހަރާއި ހަމައަށް ވައިގެ މަގުން ދަތުރުކުރުމަށް މިއަތޮޅުގައި އޮތީ ހަމައެކަނި މި އެއާޕޯޓެވެ. ނަމަވެސް މި އެއާޕޯޓަކީ ކޮންފެންވަރެއްގައި އޮތް ތަނެއްކަން އެނގޭނީ މި އެއާޕޯޓުން ދަތުރުކުރި މީހުންނަށްތާއެވެ.

އޮޕަރޭޓްކުރަން ފެށިތާ 27 އަހަރުވެފައިވާ މި އެއާޕޯޓުގެ ރަނގަޅު ފެންވަރެއްގެ ރަންވޭއެއް، ޓާރމިނަލެއް ނެތްއިރު ވަންނަ ގޭޓެއް ނެތެވެ. ފްލައިޓުން ލަގޭޖްތައް ޓްރޮލީތަކުގައި ގެނެސް އަށްޓެއް މައްޗަށް އަތުރާލަނީ އެތަނުގެ މުވައްޒަފުންނެވެ. ފްލައިޓް ޑިލޭވެގެން ނުވަތަ ޗެކިންކޮށްލުމަށްފަހު އެއާޕޯޓުގައި މަޑުކޮށްލާ ވަގުތުކޮޅުގައި ޕަސެންޖަރުން ބޭނުންކޮށްލާނެ ރަނގަޅު ފެންވަރެއްގެ ކެފޭ ނުވަތަ ރެސްޓޯރެންޓެއް މި އެއާޕޯޓުގައި ނެތެވެ. ޕަސެންޖަރުންނާއި މުވައްޒަފުން ބޭނުންކޮށްލަން ހުންނަ ފާޚާނާ ބަރީގައި ފާޚާނައެއްގެ ހުންނަންޖެހޭ ސާމާނު ހަމައަށް ނުހުރެއެވެ.

2012 ވަނަ އަހަރު ކޫއްޑޫ އެއާޕޯޓް ހުޅުވައި ހުވަދުއަތޮޅުގައި 02 އެއާޕޯޓް އޮޕަރޭޓްކުރަން ފެއްޓިފަހުން، ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 29.3 މިލިއަން ރުފިޔާ ހަރުދުކޮށްގެން ހުވަދުއަތޮޅުގައި 03 ވަނަ އެއާޕޯޓް މިއަހަރުގެ މާރޗް މަހު އޮޕަރޭޓްކުރަން ފެށީވެސް ކާޑެއްދޫ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށޭ ބުނުން ދޮގަކަށް ނުވާނެއެވެ. އަދި ފަރެސްމާތޮޑާ އެއާޕޯޓު ތަރައްޤީ ކުރުމަށް 42.5 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމާއިމެދު ސަރުކާރުން ދެކެވެނީ ވާހަކަތަކެވެ.

މިއެއާޕޯޓު ވިލާ އެއަރ އަށް 2013 ގައި ދިނުމަށް ފަހު އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ކުރީގެ ސަރުކާރުން 2017 ވަނަ އަހަރު ވަނީ އެ ތަން އަތުލާފައެވެ. އަދި އޭގެ ފަހުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެތަން ވިލާ އެއަރއަށް އަނބުރާ ދިނުމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން އެންގިއެވެ. ނަމަވެސް، މި ހުކުމް އިސްތިއުނާފުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަހަރުގެ އޮކްޓޯބަރު މަހު ބާއްވަން ތާވަލުކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފައެވެ.

ކޮންމެއަކަސް ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް، ގދ. ތިނަދޫއާއި ގުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ނިންމެވިކަން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފުގެ އިތުރުން މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުޝާން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

މިއުއްމީދުގައި މިއަތޮޅުގެ ރައްޔިތުން މިތިބީ އިންޓަނޭޝަނަލް އެއާޕޯޓެއް އަތޮޅަށް އައުމުން އަތޮޅުގެ އިގްތިސާދަށް ހުޅުވިގެންދާނެ ދޮރުތައް ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މީހުން ދިރިއުޅޭ 18 ރަށާއި 9 ރިސޯޓާއި 199 ފަޅު ރަށުގެ މައްޗަށް އެކުލެވޭ ހުވަދުއަތޮޅުގެ އާބާދީއަކީ 34،433 މީހުންނެވެ. ހުވަދުއަތޮޅު އިދާރީ ގޮތުން ދެބައަކަށް ބަހާފައިވާއިރު، ގދ. އަތޮޅުގެ އާބާދީ 20 ހާހަށްވުރެ ގިނައެވެ.

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރެވިއްޖެނަމަ މިހާރު ހުވަދުއަތޮޅުގައި އޮތް 05 ރިސޯޓުގެ އިތުރުން 199 ފަޅު ރަށަށް ރިސޯރޓް ވިޔަފާރީގެ ފުރުސަތުތައް ހުޅުވި، ލޯކަލް ޓުއަރިޒަމަށް މިއަތޮޅުގެ ހުރިހާ ރަށަކަށް ފުރުސަތު ހުޅުވިގެންދާނެއެވެ. ފެރީ ނިޒާމް މިހާރަށްވުރެ ފެންވަރު ރަނގަޅު ވެގެންދާނެއެވެ. ލޯކަލް ވިޔަފާރިތަކާއި ސުވެނިއަރޝޮޕްތަކުގެ އިތުރުން ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްވެގެން ދިއުންމީ، އެޖެންޑާ19 ގެ ވައުދެއްކަމަށްވާ އަމިއްލަ ގޭގެ ކޮޓަރި ގެސްޓުންނަށް ދޫކުރެވޭ ގޮތަށް “ހޯމް ސްޓޭ” އަށް ހުޅުވިގެންދާ މަގެއްކަން މިއަތޮޅުގެ ރައްޔިތުން ގަބޫލުކުރެއެވެ.

ތިނަދޫއަކީ މިއަތޮޅުގެ ވިޔަފާރީގެ މައި ހަބަށްވެފައި ތިނަދޫއާއި ކާޑެއްދޫއާއި ދެމެދު ރަނގަޅު ކަނެކްޝަނެއް އުފެދެން ޖެހެއެވެ. ހުވަދުއަތޮޅުގެ އެންމެ ގިނަ ރައްޔިތުން އެކި ކަންކަމުގައި އެންމެ ގިނައިން ދަތުރުކުރާ ރަށަކަށް ތިނަދޫ ވެފައިވާއިރު، ތިނަދޫއާއި ކާޑެއްދޫ ގުޅާލާނީ ބްރިޖަކުންކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވިއެވެ.

މިއަތޮޅުގެ ރައްޔިތުން ދެކޭގޮތުގައި ތަރައްޤީއަކީ ކޮންކްރީޓް ބްރިޖްތަކަށްވުރެ ބޮޑަށް އާއްމު ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދީގެން ގެނެވޭ އެއްޗެކެވެ. އެއާޕޯޓްގެ ޚިދުމަތްތައް ރަނގަޅުވެ، ބޭރުޤައުމުތަކާއި ހުވަދުއަތޮޅާއި ޑައިރެކްޓްކޮށް ގުޅާލެވި، ވިޔަފާރިތަކަށް މަގުފަހިވެގެން ދިއުން އެއީ ހުވަދުއަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދައި ތަރައްގީވެވޭނެ ކަމެއްކަމަށް މިއަތޮޅުގެ ރައްޔިތުން ދެކެއެވެ.

ދައުލަތުން ހަރަދުކޮށްގެން ތަރައްގީ ކުރާނީތޯ ނުވަތަ އަމިއްލަ ބަޔަކަށް ދީގެން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރުމާމެދު ސަރުކާރުން ވިސްނަމުންދާއިރު، ޒަމާނީ ފެންވަރަކަށް މުޅި އެއާޕޯޓް ބަދަލުވެގެން ނުދިޔަޔަސް އެންމެ ކުޑަމިނުން ޕްރައިވެޓް ޖެޓުތަކަށް ކާޑެއްދޫ އެއާޕޯޓަށް ދަތުރުކޮށް ދެތިން ދުވަހު މަޑުކޮށްލެވޭވަރަށް އެތަނުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ވެގެން ދިއުންވެސް ވާނީ މި އަތޮޅަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިއަތޮޅުގެ ރައްޔިތުން ދެކެއެވެ. އުއްމީދަކީ މިއެވެ.

5 ކޮމެންޓް
Vaadhoo meehaa
ނޮވެމްބަރު 13, 2020
V baraabaru liyumeke ahanne vaadhoo meehenne vaadhoo falhe kotefai maale ereegan thie dhen kon foni moment keranen mi atholhey konmi rataku international airport odias varihama Hama odannavoo eyge faidhaa mi atholhate lebennau
އެދެ
ނޮވެމްބަރު 5, 2020
ވަރަން ބަރާބަރު މަޒުމޫނެކެ، ސެމީއަން ސާބަސް،????
ޟުން
ނޮވެމްބަރު 5, 2020
ރާޢްޖޭގެ ކޮންމެ ދެމަފިރިަކަށް އިންޓަނޭޝަނަލްާއެއަރޕޯޓެއް ހަދަންވީނުން
saudhee
ނޮވެމްބަރު 4, 2020
ministaru aslam ge rashuga airpot ebaelhay viyya enimunee. thinadhooga beyru thoshilaan dhin laarigadun vess hedhee 1500 meehun hamanuvaa faress maathodaa ge beyru thoshi
އާފް
ނޮވެމްބަރު 4, 2020
އެއަރޕޯރޓް އިންޓަރނޭޝަނަލް ކުރުމަށްވުރެ މުހިއްމީ މިވަގުތު ޑޮމެސްޓިކް ޓާރމިނަލްގެ ފެންވަރު ރަގަޅު ކުރުން. ޑޮމެސްޓިކް ފެންވަރަށް އެއަރޕޯރޓް ރަގޅުކުރުމުން ފަތުރުވެރީންނާއި ޢާއްމު ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ ފުރަތަމަ ކަން ފުރަތަމަ މިއީ މުހިންނމު ބަހާއެއް، ލިބިފައި އޮތް އެއްޗެއް ރަގަޅަށް ނުބެލެހެއްޓޭއިރު ކިހިނެއްތޯ ޢިންޓަރނޭޝަނަލް އެއަރޕޯރޓެއް އޮޕަރޭޓްކުރެވޭނީ. ރައްޔިތުން މާލެގައި ރެފިއުޖީންނަށް ވެގެންތިބެ ދޮމެސްޓިކް އެަރޕޯރޓެއް ކިހިނެއްތޯ ހިންގާނީ، ބުއްދިވެރިންނަކީ އަތުގައި އޮތް އެއްޗެއް ފަރުޥަާތެރިވެ ރަގަޅަށް ބަލަހައްޓާ މީހާ، 7000 މީހުންގެ އާބާދީއެއް އޮންނަ ތިނަދޫއިން ހަފްތާއަކު 5-7 މީހުން މާލެ ދަފްތަރަށް (ރެފިއުޖީންނަށް) ބަދަލުވޭ، ރައްޔިތުންގެ ސިކުޑިން ވިސްނައިގެން މަސައްކަތް ކުރަންޖެހޭ. ތިނަދޫގައި ނެތް އެއްވެސް ވަތަކަށް ޓުއަރިސްޓް އެޓރެކްޝަނެއް ހުރިއްޔާ ހުރި ތަނެއްވަނީ ތަލާ ސުއްނާފަތިކޮށްފަ. ގދ. ވާދޫ ގައެބަހުރި ޓުައަރިސްޓް އެޓރެކްޝަންތައް ވާދޫ ދައްނަކަލޭގެފާނުގެ މަޤްބަރާޔާއި މިސްކިތްތަކަކީ. މާލޭގެ ހުކުރު މިސްކިތަށްވުރެ މަސައްކަތުގެ ގޮތުންފުރިހަމަ ތަންތަން ސިލޯނުގައި އޮނަނީ އިނޓްރނޭޝަނަލް 2 އެއރޕޯރޓް ބަންޑާރަނަޔަކަ އަދި ހަމްބަންތޮޓަ އިންޓަރނޭޝަނަލް އެއަރޕޯރޓް ހުަވަދޫގައި އެބައޮތް އަލށްހުލުވިގެންދާ އެއަރޕޯރޓާއި އެކު 3 ޑޮމެސްޓިކް އެއަރޕޯރޓް ނަމަވެސް ލިޔުންތެރިޔާއަށް އެގިވަޑައިގަންނަވަނީ އިންޓަރނޭޝަނަލް މިބަސް ކަންކުރަނީ ޢަމަލުން ޢިންޓަރނޭޝަނަލް ބޯރޑެއްޖެހުންތޯ މުހިއްމީ ނުވަތަ މިހާރުގެ އެއަރޕޯރޓްތައް ފެންވަރު ރަގަޅަށް ހިންގުންތޯ؟ ޙައްޤުވާ މިންވަރަކީ، ލިބެންޖެހޭ އެއްޗެއް. ނަމަވެސް ނުއުފުލޭވަރު ބުރައެއް އުފުލަން އުޅުމުން ބިންދައިގެންދާނީ މައިބަދަ ނޫންތޯ. އެއަރޕޯރޓް ފެރީގެ ހަލަތަކީ ގޮޑިތައްބިދި ގެގަނޑު ހަދާފައިވާ ހޮޅިތައް ފީވެ ތަތުރުކުރާ މުވައްޒަފުންގެ ބޮލަށްވެއްޓޭ ހިސާބުގަ. 5 ރިސޯޓް އޮތަސް ބެޑްކެޕޭސިޓީ ނެތި ކިހިނެއްތޯ އިންޓަރނޭޝަނަލް ފްލައިޓްތައް ޖައްސާނީ. ސިކުޑިންވިސްނާލުން ބުއްދިވެރި. މުޅިއަތޮޅުގައި ހުރި އެހެން ރައްތައް ތަރައްޤީ ކުމުގެ ބަދަލުގައި ތިނަދޫ އެކަނި ތަރައްޤީ ކުރުން މިވެސް ޙައްޤުވާ މިންވަރުތޯ