English Edition
Dhivehi Edition

ހޮރައިޒަންއެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގައި ރޭގެ 2 މެޗުން ފަސޭހަކަމާއެކު ހިތަދޫސްކޫލްގެ ޓީމް ބީ އާއި ޝަރަފުއްދީން ސްކޫލްގެ ޓީމް ބީ މޮޅުވެއްޖެއެވެ.

ރޭ ކޯޓް 1 ގައި ބައްދަލު ކުރީ ގުރޫޕް އޭ ގެ ހިތަދޫ ސްކޫލްގެ ޓީމް ބީ އާއި ނޫރާނީ ސްކޫލެވެ. މިމެޗް ކުޅުނު ހުރިހާ ޓައި ކާމިޔާބު ކޮށްގެން 26 ޕޮއިންޓާއެކު ހިތަދޫ ސްކޫލް ޓީމް ބީ ވަނީ މޮޅުވެފައެވެ.
ކޯޓް 2 ގައި ގުރޫޕް ބީގެ ޝަރަފުއްދީން ސްކޫލުގެ ޓީމް އޭ އާއި ޓީމް ބީއެވެ. މި މެޗް ވެސް ފަސޭހަމަކަމާއެކު ކުޅުނު 7 ޓައި ކާމިޔާބު ކޮށްގެން 26 ޕޮއިންޓާއެކު ޝަރަފުއްދީން ސްކޫލް ޓީމް ބީ ވަނީ މޮޅުވެފައެވެ.

މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ 7 ޓައި އެވެ. މޮޅުވާ ކޮންމެ ޓައި އަކުން 3 ޕޮއިންޓް ލިބެއެވެ. އަދި ބަލިވާ ޓައިން 1 ޕޮއިންޓް ލިބެއެވެ.

ހޮރައިޒަންއެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020ގެ އިނާމެއް ގޮތުގައި ހުށަހެޅިފައި ވަނީ ޗެމްޕިއަންޓީމަށް ވާދަގެ ތައްޓާއި މެޑަލް އަދި ސެޓިފިކެޓް ގެ އިތުރުން ކޮންމެ ކުޅުންތެރި އަކަށް މިލްކުވާ ޓްރޮފީއެވެ. ރަނަރަޕް އަށް އަދި 3 ވަނަ ޓީމް އަށް ހުށެހެޅިފައި ވަނީ މެޑާލާއި ސެޓްފިކެޓް އެވެ.

މިމުބާރާތުގެ މެޗްތައް މި ރޭ ވެސް ކުޅޭނެއެވެ. މިރޭ ކުޅޭނީ ގްރޫޕް އޭގެ ފޭދޫ ސްކޫލްގެ ޓީމް އޭ އާއި ހިތަދޫ ސްކޫލް ޓީމް އޭ އެވެ. އަދި ގްރޫޕް ބީ ގެ އައްޑޫ ހައި ސްކޫލް ބައްދަލު ކުރާނީ ފޭދޫ ސްކޫލްގެ ޓީމް އާއެވެ.
ހިތަދޫ ހޮރައިޒަން އެކަޑަމީން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ.