English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީން އިންތިޒާމްކޮށްގެން އައްޑޫގެ ސްކޫލްތްކުގެ ޓީޗަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “ހޮރައިޒަން އެކަޑަމީ ޓީޗަރސް ބެޑްމިންޓަން ޓޯނަމަންޓް 2020″ ގެ ރޭގެ މެޗްތައް ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލުން ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗްތަކުގައި ކޯޓް 1 ގައި ބައްދަލު ކުރީ ގުރޫޕް އޭ ގެ ނޫރާނީ ސްކޫލާއި ހިތަދޫ ސްކޫލް ގެ ޓީމް އޭ އެވެ. އަދި ކޯޓް 2 ގައި ބީ ގުރޫޕް ގެ ޝަރަފުއްދީން ސްކޫލް ޓީމް ބީ އާއި ފޭދޫ ސްކޫލް ގެ ޓީމް ބީ އެވެ. ރޭ ބައްދަލުކުރި ދެ މެޗުން ހިތަދޫ ސްކޫލް ގެ އޭ ޓީމާއި ޝަރަފުއްދީން ސްކޫލުގެ ބީ ޓީމް ވަނީ ކާމިޔާބު ކޮށްފިއެވެ.

ރޭގެ އެއް މެޗްގައި ނޫރާނީ ސްކޫލް އާއި ހިތަދޫ ސްކޫލް ގެ ޓީމް އޭ ބައްދަލުކޮށް ކުޅުނު މެޗުން 4 ޓައި ހޯދައިގެން ކާމިޔާބު ކުރީ ހިތަދޫ ސްކޫލުންނެވެ. އެ މެޗް ހިތަދޫ ސްކޫލް ގެ ޓީމް އޭ އިން ކާމިޔާބު ކުރީ 20 ޕޮއިންޓާއި އެކުގައެވެ.

ރޭ ކުޅުނު އަނެއް މެޗްގައި ޝަރަފުއްދީން ސްކޫލް ބީ ޓީމާއި ފޭދޫ ސްކޫލް ބީ ޓީމް ބައްދަލު ކުރި މެޗު 7 ޓައިން ކާމިޔާބު ކުރީ ޝަރަފުއްދީން ސްކޫލް ބީ ޓީމް އެވެ. އެޓީމް ކުރިހޯދީ 26 ޕޮއިންޓުގެ ތަފާތަކުންނެވެ.

މި ރޭވެސް މި މުބާރާތުގެ 2 މެޗް ކުޅޭނެއެވެ. މިރޭ އިރު އޮއްސި 7 ޖަހާއިރު ފަށާ މި ދެމެޗްގައި ބައްދަލުކުރާނީ ހިތަދޫ ސްކޫލް ޓީމް ބީ އާއި ނޫރާނީ ސްކޫލް އަދި ޝަރަފުއްދީން ސްކޫލް ޓީމް އޭ އާއި ޝަރަފުއްދީން ސްކޫލް ޓީމް ބީ އެވެ.

މިމުބާރާތުގެ މެޗްތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ މެޗެއްގައިވެސް 7 ޓައި ކުޅޭނެއެވެ. އެއީ މެންސް ސިންގަލްގެ 1 ޓައި، ވިމެންސް ޑަބަލްގެ 3 ޓައި މެންސް ޑަބަލްގެ 2 ޓައި،އަދި ވިމެންސް ސިންގަލްގެ 1 ޓައި އެވެ. މޮޅުވާ ކޮންމެ ޓައީ އަކުން ޓީމަށް 3 ޕޮއިންޓް ލިބޭއިރު ޓައި އިން ބަލިވެއްޖެނަމަ ލިބެނީ 1 ޕޮއިންޓެވެ. އަދި މުޅި މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ކާމިޔާބު ކުރާ ޓީމަށް އިތުރު 5 ޕޮއިންޓް ލިބެއެވެ.

އައްޑޫސިޓީގެ ހިތަދޫގައި ހަދާފައިވާ ބެޑްމިންޓަން އެރީނާގައި ކުރިއަށް ދާ މި މުބާރާތުގެ ކޯސް ސްޕޮންސަރުންނަކީ މަލްޓި ސްޕަމާރޓް ,ޑިލައިޓް, އަސްކަނިސް ސްޕޯޓުސް , ބްޑުމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް,3s ސުޕަމާރޓް , ބީޓެކް އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލެވެ. މުބާރާތުގެ ބެވަރެޖް ޕާރޓްނަރަކީ ވަން ޑިގްރީ އެވެ. ކޭޓަރިން ޕާރޓްނާއަކީ ޓޫ ސްޓާރ ޓޭކް އަވޭ އެވެ. ޕްރިންޓިން ޕާރޓްނާއަކީ ކޮންޓްރޯލްޕީ އެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.