English Edition
Dhivehi Edition

ހިއުމަން ރައިޓްސް ކޮމިޝަނުގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗްއާރުސީއެމުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނަށް އަށް އިންޓާނުން ބޭނުންވާ ކަމަށެވެ. އެގޮތުން އެ ކޮމިޝަންގެ ވިސްލް ބްލޯވާރސް ޕްރޮޓެކްޝަން ޔުނިޓް އަދި އިންވެސްޓިގޭޝަން ޔުނިޓަށް ދެ އިންޓާނުންނާއި، ބިއުރޯއަށް ދެ އިންޓާނުންގެ އިތުރުން އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހަތަރު އިންޓާނުން ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

އިންޓާނުން މަސައްކަތް ކުރަންޖެހޭނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އާއި ހަމައަށް ކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ. އަދި އިންޓާނުން ކުރަންޖެހޭ މަސައްކަތުގެ ތަފްސީލްވެސް އިޢުލާނާއެކު ވަނީ އާންމުކޮށްފައެވެ.

އެޗްއާރުސީއެމްގެ އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާނީ ނޮވެންބަރު 10 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.