English Edition
Dhivehi Edition

މަޖިލިސް ކެމްޕޭނާއި ދިމާކޮށް ރިޝްވަތުދޭތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އެޗްއާރުސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރާ ކެމްޕޭނުގައި ދޮގު ފެތުރުމާއި, ޕޯސްޓަރު ތަކަށް ގެއްލުން ދިނުންފަދަ ކަންކަން ފާހަގަކުރެވޭކަމަށް އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

“އެކި ކެންޑިޑޭޓުންނާ ގުޅޭ ގޮތުންނާއި ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ގަސްތުގައި ގެއްލުން ދިނުމުގެ ނިޔަތެއް ނެތި ނަމަވެސް ފަތުރަމުންދާކަމާއި ރިޝްވަތު ދިނުމާއި ވޯޓު ގަނެ ވިއްކުމާއި ވަޒީފާގެ ބިރުދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުންފަދަ ނޭދެވޭ ކަންކަން ހިންގަމުންދާކަމުގެ މައުލޫމާތު ލިބޭ،” އެޗްއާރްސީއެމްގެ ބަޔާނުގައިބުންޏެވެ.

ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އަމަލުތަކުން ދުރުހެލިވުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. އަދި މި ފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

 

ދިމާކޮށް ވަޒީފާގައި ބިރާ ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިގަމުން އަންނާތީ އެކަން ކަން ބަލާ ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފިއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލިދސް އިންތިހާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާއި އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިނގަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުން އަންނަކަމަށެވެ.

“މީ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމުގައި ދަންނަވަން. އަދި މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ގޮވާލަން.” އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.