English Edition
Dhivehi Edition

ސަރުކާރާއި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯޕިޑް)ގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ ނަރުދަމާގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާ ކަަމަށް ޕްރޮޖެކްޓާ ހަވާލުވެފައިވާ ފަރާތުން ބުނެފިއެވެ.

އައްޑޫސިޓީގެ އަވަށްތަކުގައި ގާއިމުކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ސާމާނު އައްޑޫއަށް ގެނެސްފައިވާއިރު މިދިޔަ އޮގަސްޓް މަހުގައި ހުޅުމީދޫގައި މި މަސައްކަތް އަމަލީގޮތުން ވަނީ ފަށާފައެވެ.

ހުޅުމީދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރާ މަޝްރޫއުގެ ތެރެއިން ހޮޅި ވަޅުލުމުގެ މަސައްކަތް ފަށާފައިވާއިރު މި ހިދުމަތް ބޭނުންވާ ފަރާތްތަކުން ޚިދުމަތަށް އެދުމުގެ ފުރުސަތު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ހޮޅިތަކުގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ވަނީ ފޭދޫ އަށް ގެނެސްފައެވެ.

ނަރުދަމާ ގާއިމްކުރުމަށް ބޭނުންވާ ތަކެތި ފޭދޫއަށް ގެނެސްފައިވާ އިރު، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ހުޅުމީދޫގެ ނަރުދަމާގެ ނިޒާމު މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު އިފްތިތާޙް ކޮށްފައިވާއިރު ފޭދޫ،މަރަދޫ އަދި މަރަދޫފޭދޫގެ ނަރުދަމާގެ މަސައްކަތް އިފްތިތާހްކޮށްފައި ވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ.

އޯޕެކް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް 2018 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް ނިންމަންޖެހެއެވެ.