English Edition
Dhivehi Edition
ތިނަދޫ ރާޅުގަނޑު ސަރަހައްދުގައި ޒުވާނުންތަކެއް ރާޅާ އަޅަނީ: ފޮޓޯ އަޙްތަރު

ތިނަދޫގެ ރާޅާ އަޅާ ސަރަހައްދު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މިއަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑެޕިޔުޓިީ މިނިސްޓަރ މުހައްމަދު ނާސިހު އޭއޯނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގ.ދ ތިނަދޫ ކައުންސިލާއި އެ މިނިސްޓްރީ ގުޅިގެން މިއަންނަ އަހަރުގެ ބަޖެޓުގައި ތިނަދޫގެ ރާޅުގަނޑު ސަރަހައްދު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިމަނާފައިވާކަމަށެވެ.

މިކަމާ ގުޅިގެން ތިނަދޫ ކައުންސިލާއި ސުވާލުކުރުމުން ކައުންސިލްގެ ރައިސް މުހައްމަދު އަމްޖަދު ވިދާޅުވީ މި އަހަރުގެ ޕްލޭންގައި އަދި އެތަން ތަރައްގީކުރުމަށް ނިންމާފައި ނުވާކަމަށާއި ކޮވިޑާއި ގުޅިގެން ތިނަދޫއަށް ލިބިފައިވާ ބަޖެޓްގައި އަދި އިތުރުކަމެއް ކުރުމަށް އެވަރަށް ބަޖެޓް ކުރެވިފައި ނުވާ ކަމަށެވެ .
ތިނަދޫގެ ރާޅުގަނޑު ސަރަހައްދަކީ އެރަށުގެ ގިނަ ޒުވާނުންގެ މެދުގައި މަގުބޫލުތަނަކަށް ވާއިރު އެތަން ތަރައްގީކޮށް އެއީ ރަގަޅުގޮތުގައި ބޭނުންކުރެވޭ ތަނަކަށް ވެގެން ދިޔުމަކީ އެރަށުގެ ގިނަ ޒުވާނުންގެ އުންމީދެކެވެ.
އެތަނަށް ރާޅާ އަޅަންދާ އެރަށުގެ ޒުވާނަކު ބުނީ އޭނާ އެތަނަށް އަބަދުވެސް ރާޅާ އަޅަން ދާކަމަށާއި ގިނަ ވަގުތު ހޭދަކުރަނީ އެތަނުގައި ކަމަށެވެ..އަދި އަމިއްލައަށްވެސް ގެސްޓުންނާއި ވާހަކަދައްކައިގެން އެތަނަށް ގެންދާކަމަށާއި އެމީހުން ވެސް އެތަނުގެ ރީތިކަމުގެ ވާހަކަ ދައްކާކަމަށެވެ. އަދި އުންމިދަކީ އެތަން އިތުރަށް ތަރައްގީ ކުރެވިފައިވާތަން ފެނިގެން ދިއުން ކަމަށް ވެސް އޭނާ ބުންޏެވެ.

ގާތްގަނޑަކަށް ދިހަ ހާސް މީހުންގެ އާބާދީ އެއް އޮތް ތިނަދޫގެ ހުޅަނގު ދެކުނު ކަނޑުއޮޅި އަކީ ގިނަ ބަޔަކު ރާޅާ އެޅުމަށް ދާ ސަރަހައްދެކެވެ. ކަފެނާ ގެ އުތުރު ހުޅަނގުގެ ހިތްގައިމު މަންޒަރުގައި އެރަށުގެ ޒުވާން ހުނަރުވެރި ކުދިން ރާޅާ އަޅާތަން ދެކިލުމަށް ވެސް ގިނަ ބަޔަކު އެ ސަރަހައްދަށް ޖަމާވާކަން ފާހަގަކޮށްލެވެއެވެ.