English Edition
Dhivehi Edition

އައްޑޫ އީދު އުފާގެ ނަމުގައި ކުޑަ ކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއް ހިތަދޫގެ ސްޓޭޖް ސަރަހައްދުގައި ބާއްވައިފި އެވެ.

އައްޑޫ އީދު އުފާ – 1438 ގެ ނަމުގައި ކުޑަ ކުދިންގެ ހަވީރު ބާއްވާފައިވަނީ އިއްޔެ ހަވީރު 4.00 އިން 6.00 އަށެވެ. މި ހަވީރުގައި އައްޑޫގެ އެކި އެކި މުއައްސަސާ ތަކުންނާއި ޖަމީއްޔާ ޖަމާއަތްތަކުން މި ޕްރޮގްރާމުގައި ވަނީ ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ޖޭސީއައި، ޕޮލިސް، އެމް.އާރ.ޑީސީ ފާހަގަ ކޮއްލެވެއެވެ.
މި ހަރަކާތް އިންތިޒާމު ކުރުމުގުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޒެފިއާރ ސްޕޯޓްސް އިން ބުނެފައިވަނީ ވޭތުވެ ދިޔަ އަށް އަހަރު ތެރޭގައި އައްޑޫގައި އަދި ހާއްސަކޮށް ހިތަދޫގައި މިފަދަ ހަރަކާތްތެއް އީދާއި ގުޅުވައިގެން ބޭއްވިފައި ނުވާކަމަށެވެ. އަދި ހުރިހާ ޖަމީއްޔާ ޖަމައާއްތައް އެއްކޮށްގެން، ޒުވާނުން ރަށު ތެރޭ ކަމެށް ނެތިފައި ތިބުމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ މި ހަރަކާތުގެ މަގްސަދެއް ކަމުގައެވެ.

މި ހަރާކާތުގެ ދަށުން ރޭގައި ވަނީ މިއުޒިކް ޝޯއެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޝޯގައި ހުށަހެޅުން ތައް ހުށަހަޅާ ދޭން އައި ފާހަގަ ކޮއްލެވޭ އާޓިސްޓުންގެ ތޭރޭގައި ޝައްމޫން، މޯލްޑިވިއަން އައިޑޮލްގެ ބައިވެރިއާ އަބްދުﷲ ސޯދިގް، ފައްތޭ އަދި ސަޕްރައިޒް އެޕިއަރެންސެއްގެ ގޮތުގައި މޯލްޑިވިއަން އައިޑޮލް ސީޒަން 2 އިން ފާހަގަ ކޮއްލެއްވުނު ނިއާމް އިބްރާހިމް (ކުޑަދޮހޮއްކޮ) ގެ ހުށެހެޅުމެށްވެސް ފެނިގެން ދިޔައެވެ.

މި ހަރަކާތުގެ މެއިން ސްޕޮންސާރ އަކީ އުރީދޫއެވެ. މި ހަރަކާތް އިންތިޒާމު ކޮއްފައިވަނީ ޓީ.ޑީ.އޯ މޯލްޑިވްސް އަދި އެވެންސް މޯލްޑިވްސް އިންނެވެ. އެފްސީ ޒެފިއާއިން ބުނެފައިވަނީ އެ ޖަމީއްޔާގެ އިތުރުން ވަރަށް ގިނަ ޖަމީއާތައް މި ހަރަކާތް އިންތިޒާމު ކުރުމުގައި އެހީ ތެރި ވެދީފައި ވާކަމެވެ. އަދި އައްޑޫ ސީޓީގެ އެކި އެކި މުއައްސަސާ ތަކުން ވެދެއްވާފައިވާ އެހީ ތެރިކަން ފާހަގަ ކޮށް ވަނީ ޝުކުރު އަދާ ކޮއްފައެވެ.