English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ވޭވް ސައުންޑް ބައި ތްރީ އެސް އަލުން ހުޅުވައި އީކުއޭޓަރ ހުރަސްކޮށް އައްޑޫއަށް އައި ދެވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، އައްޑޫސިޓީގެ 3 ރިސޯޓް އާއި ގެސްޓް ހައުސްގެ ވިޔަފާރި އެއްކޮށް ބަންދުކުރިތާ 7 މަސް ފަހުން އައި ފުރަތަމަ ފަތުރުވެރިޔާ އައްޑޫސިޓީގެ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖަށް މިދިޔަ ހަފްތާގައި އައިސްފައިވާއިރު 2 ވަނަ ފަތުރުވެރިޔާ އައްޑޫއަށް އައިސްފައިވަނީ މިއަދުގައެވެ.

މަރަދޫފޭދޫގައި ހިންގާ ވޭވް ސައުންޑް ގެސްޓް ހައުސް އިން ވަނީ މިއަދު މެންދުރު 12:15 ގައި ގަމުގެ ވައިގެ ބަނދަރުގައި ޖެއްސި މޯލްޑިވިއަންގެ ފްލައިޓުން އައި ,އެމީހުން ގެ ފުރަތަމަ ފަތުރުވެރިޔާ އަށް ބޮޑުބެރުގެ ހޫނު މަރްހަބާ އެއް ކިޔައިފައެވެ. ވޭވް ސައުންޑުގައި އޮތް މި ޙަފްލާގައި ފަތުރުވެރިޔާއަށް މަރްޙަބާ ދެންނެވީ އެ ގެސްޓް ހައުސް ގެ ވެރިންނާއި މުވައްޒަފުންނެވެ.

ޕޯޗްގަލް އިން އައްޑޫއައް ޒިޔާރަތްކުރި މި ފަތުރުވެރިޔާ ވޭވް ސައުންޑުގައި ޗުއްޓީހޭދަކުރާނީ 15 ދުަވަހެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މީހުން އައުމަށް ހަމަޖެހިފައިވާކަމަށްވެސް ވޭވް ސައުންޑު އިން މައުލޫމާތުދެއެވެ. ފޭދޫ 3 އެސް މޯލްޑިވްސް އިން ހިންގާ ވޭވް ސައުންޑަކީ 2017 ގައި ހުޅުވި އަދި މިހާރު އައްޑޫގެ އެންމެ މަގުބޫލު އެއް ގެސްޓްހައުސް އެވެ.

އެންމެ މި ޒަމާނުގެ ހުރިހާ ހިދުމަތްތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވޭ ވޭވް ސައުންޑްއަކީ އައްޑޫގެ ގުދުރަތީ ރީތި ވެށި ވެސް ތަޖުރިބާކޮށްލެވޭނެ ތަނެކެވެ. މިތަން މިހާރު ޓޫރިސްޓުންގެ މެދުގައި އަންނަނީ ވަރަށް ބޮޑަށް މަގުބޫލު ވެސް ވަމުންނެވެ.

މިއީ އައްޑޫ ސިޓީއިން ގެސްޓް ހައުސް ވިޔަފާރި އަލުން ހުޅުވަން ހުއްދަ ލިބުނު ފުރަތަމަ ގެސްޓް ހައުސްއެވެ. ގެސްޓްހައުސް ވިޔަފާރި ކުރުމަށް މިތަން ހުޅުވުމުގެ ހުއްދަ ލިބިފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހުއެވެ.

ވޭވް ސައުންޑް ބައި ތްރީ އެސް: އައްޑޫ އިން އަލުން ހުޅުވުމުގެ ހުއްދަ ލިބުނު ފުރަތަމަ ގެސްޓް ހައުސް

ތުރީ އެސް މޯލްޑީވްސްގެ ދަށުން “އައްޑޫ ޑައިވް” ގެ ނަމުގައި ޑައިވިން ސެންޓަރެއް ވެސް ހިންގަމުން އަންނަ އިރު، “3 އެސް ލައުންޖް” ގެ ނަމުގައި ފެންވަރު ރަނގަޅު ރެސްޓޯރަންޓެއް ވެސް އަންނަނީ ފޭދޫގައި ހިންގަމުންނެވެ.

ވޭވް ސައުންޑްގައި ޗުއްޓީ ހޭދަކޮށްލަން ރޫމެއް ބުކްކޮށްލަން ބޭނުން ނަމަ އެ ފަސޭހަކަން އެބަ އޮތެވެ. އެގޮތުން ބުކިން.ކޮމް އާއި އަގޯޑާގެ އިތުރުން ސީދާ www.3smaldives.com ވެބްސައިޓުން ބުކްކޮށްލެވޭނެ އެވެ.