100 އެއްހާ ފަތުރުވެރިންނާއެކު އައްޑޫސިޓީއަށް އައި ލަގްޒަރީ ކްރޫޒް ޝިޕުން އައި ފަތުރުވެރިންނަށް އައްޑޫއިން ހޫނުމަރުހަބާއެއް ކިޔައިފިއެވެ.
އިއްޔެ އައްޑޫސިޓީގެ މަރަދޫ އަށް ބަނދަރު ކުރި “ނޯބްލް ކެލެޑޯނިއާ ކްރޫޒް” ކިޔާ މި ކްރޫޒް ޝިޕްގައި 100އެއްހާ ފަތުރުވެރިން އައްޑޫ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި އައްޑޫސިޓީގެ މޭޔަރ އަދި ކައުންސިލް މެމްބަރުންނާއި ޑަބްލިޔުޑީސީ އާއި އައްޑޫގެ އެހެނިހެން މުއައްސަސާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. ސަގާފީ ހަރަކާތްތަކާއެކު އެ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މި ހަރަކާތުގައި ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރިވެފައެވެ.
މި ފަތުރުވެރިންނަށް އައްޑޫގައި ހުރި ފަތުރުވެރިކަމާއި ގުޅުން ހުރި މައުލޫމާތުތައް ހިމެނޭ ލީފްލެޓްތައް ބަހާފައި ވާއިރު އައްޑޫގެ ރީތިކަން ދައްކާލުމަށް ފަތުރުވެރިންނަށް ވަނީ ޓުއަރ އެއްވެސް ދީފައެވެ.