English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ނަލަފެހި ޖަމްމިއްޔާއިން އިސްނަގައިގެން ރަށުގެ ރައްޔިތުންނާއި ގުޅިގެން ހަދާފައިވާ ފިނިމައިޒާންތަކަށް ގެއްލުން ދީ އެތަންތަން ހަލާކުކޮށްލި މައްސަލައާއި ގުޅިގެން 06 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އޮކްޓޯބަރު 25 ވަނަ ދުވަހު ދަންވަރު، މީދޫގެ މައިޒާންތަކަށް ގެއްލުން ދިން މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް އެމީހުން ދިރިއުޅެމުންދާ ގެތައް ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އުމުރުން 19 އަހަރާއި 22 އަހަރާއި، 25 އަހަރާއި، 30 އަހަރާއި އަދި 23 އަހަރުގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީދޫގެ ފިނި މައިޒާންތައް ހަލާކުކޮށްލައިފި

މިދިޔަ މަހުގެ ފަހުކޮޅު މީދޫގެ ފަސް ފިނި މައިޒާނެއް ހަލާކުކޮށްލާފައިވާއިރު އެތަންތަނުގައި ހައްދާފައިވާ ގަސްތަަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްދީފައެވެ. މީގެ އިތުރުން ފިނިމައިޒާން ތަކުގައި ބަހައްޓާފައިވާ އުނދޯލިތަކާއި ޖޯލިފަތިތައް ކޮށާއި، މޫދައި ގޮޑުދޮށަށް އުކާލާފައިވާއިރު ބައެއް ފިނި މައިޒާންތަކުގައި ކޮންކްރިޓް އަޅައިގެން ބަހައްޓާފައިވާ ގޮނޑިތައްވެސް ނެގުމަށްފަހުވަނީ ހަލާކުކޮށްލާފައެވެ.

1 ކޮމެންޓް
Nagooblahu
ނޮވެމްބަރު 2, 2020
Hakuru boa alaathun ge kanthakey. Mi alaathunaa rashuga ulhey corrupt Gazaay inaaa pilihunaa gulhigenne mi balaaa verikan jahsanee.