English Edition
Dhivehi Edition

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މައިކް ޕޮމްޕެއޯއަށް މަރުޚަބާ ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި، ދިވެހި ސަރުކާރުގެ އިސްބޭފުޅުންނެވެ. މި ދަތުރުފުޅުގައި ޕޮމްޕެއޯގެ އަރިހުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާވެސްވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

މި ދަތުރުފުޅުގައި ޕޮމްޕޭއޯ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޕޮމްޕޭއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ.

ރާއްޖޭގައި ބާއްވާ ރަސްމީ މަޝްވަރާތަކަށްފަހު، މައިކް ޕޮމްޕޭއޯ ނޫސްވެރިންނާއި ބައްދަލުކުރުން އޮންނާނީ މިއަދު ހަވީރު 04:00ގައެވެ.