English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ. ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް އެރަށު ފުލުހުންނަށް ހުށަހަޅާފައިވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން 38 އަހަރާއި، 39 އަހަރުގެ ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ. އެ ދެމީހުން ހައްޔަރުކޮށް ފޭރުނުކަމަށް ބެލެވޭ ފޯނާއި ވޮލެޓް ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ. މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫ ސިޓީ ހިތަދޫގައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް ހިތަދޫ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން 38 އަހަރާއި، 39 އަހަރުގެ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ދެމީހުން ހައްޔަރުކޮށް ފޭރުނުކަމަށް ބެލެވޭ ފޯނާއި ވޮލެޓް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.