English Edition
Dhivehi Edition

މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި، ލަވަކިޔުންތެރިޔާ ރޯހަންޕްރީތް ސިންގް ކަައިވެނިކޮށްފިއެވެ.

މި ދެ ފަންނާނުން ކައިވެނިކޮށްފައިވަނީ މިދިޔަ ހޮނިހިރުދުވަހު ދިއްލީގައެވެ. ކޮވިޑް19 އާއި ގުޅިގެން ކައިވެނީގެ ބޮޑު ހަފްލާއެއް ބާއްވާފައިނުވާއިރު މިކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް ރަހްމަތްތެރިންނެވެ. އެހެންނަމަވެސް މި ދެމަފިރިންގެ ކައިވެނީގެ ބޮޑު ހަފްލާއެއް ޕަންޖާބުގައި, ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ނޭހާ އާއި ރޯހަންޕްރީތްގެ ގުޅުން ނޭހާ އިއުލާން ކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުންނެވެ. ރޯހަން އާއެކު ނަގާފައިވާ ފޮޓޮއަކާއެކު “ތިބާއަކީ މަގޭ މީހެއް” ލިޔެފައި އޮތްއިރު ނެހާގެ މި މެސެޖަށް ރޯހަން ވެސް ވަނީ “އައި ލަވް ޔޫ” ޖަހާ ކޮމެންޓް ކޮށްފަ އެވެ.އެހެންނަމަވެސް އޭރުވެސް މި ދެ ފަންނާނުން ކައިވެނިކޮށްފާނެކަމާއި މެދު ގިނަ ބަޔަކު ޝައްކުކޮށްފައިވާއިރު ލަވަކިޔުންތެރިޔާ އަދި ހޯސްޓް އަދިތުޔާ ނާރަޔަންވެސް ވަނީ ނެހާ އެހާ އަވަހަށް ކައިވެނި ނުކުރާނެކަމަށް ބުނެފައެވެ.