English Edition
Dhivehi Edition

އިންޑިއަން އައިޑަލްގެ ޖަޖް ނެހާ ކައްކަރް އާއި އެ ޝޯގެ ހޯސްޓް އަދިތްޔާ ނާރަޔަންގެ ކައިވެނީގެ ވާހަކައަކީ ޝޯގެ ޓީއާރްޕީ އިތުރުކުރުމަށް ކުރިކަމެއް ކަމަށް ނެހާ ކައްކަރް ބުނެފިއެވެ.

އަދިތްޔާ އާއި ނެހާގެ ކައިވެނީގެ ވާހަކަދެކެވެމުންދާ މި ދުވަސްވަރު ދިން އިންޓަވިއުއްގައި ނެހާ ބުނީ އެމީހުންގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވުނު ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށާއި އަދިތްޔާގެ ޒަމާންވީ ލޯބިވެރިއެއް ހުންނަކަމަށެވެ. އަދި މި އަހަރު އަދިތްޔާ އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކުރަން އުޅޭކަން ހާމަކުރަމުން ނެހާ ވަނީ އަދިތްޔާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފެއެވެ. އަދިތްޔާ އާއި ބެހޭ ގޮތުން ނެހާ ބުނެފައިވަނީ އަދިތްޔާއަކީ ވަރަށް ހިތްހެޔޮ ރަގަޅު އިންސާނެއްކަމުގައެވެ.

ނެހާގެ މި ވާހަކަތަކާއެކު މި ދެތަރިންގެ ކައިވެންޏަށް އިންތިޒާރުކުރަމުން ދިޔަ ގިނަ ބަޔަކަށް މަޔޫސްކަން ލިބިގެންދިޔައިރު މި ދެތަރިންގެ ކައިވެނީގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީވެސް އިންޑިއަން އައިޑޮލް ޝޯގައެވެ. މި ވާހަކަތައް ގިނަ ބަޔަކަށް ގަބޫލުކުރެވިގެން ދިޔައީ ނެހާ އާއި އަދިތްޔާގެ އާއިލާ މެމްބަރުންވެސް މި ވާހަކަތަކަށް ބާރު ލިބޭ ގޮތަށް އަމަލުކޮށްފައިވާތީ އެވެ.

އަދިތްޔާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އުދިތް ނާރެއިން އާއި އަލްކާ އިންޑިއަން އައިޑޮލްއަށް ގެންދިޔައީ ޝޯގެ ހާއްސަ މެހެމާނުންގެ ގޮތުގައެވެ.މީގެ މަހެއްހާ ދުވަސްކުރިން ދެއްކި މި އެޕިސޯޑްގައި އަދިތްޔާގެ މަންމަ އާއި ނެހާގެ މައިންބަފައިން ސްޓޭޖަށް އެރުމާއެކު ހުދު ނެހާއަށްވެސް ހައިރާންކަން ލިބިގެންދާ މަންޒަރު ފެނިގެންދެއެވެ.އަދި ނެހާ އޭނާގެ މަންމަ ޝޯ އަށް އައި ސަބަބު އޮޅުންފިލުވަން ސުވާލުކޮށްލުމާއެކު އެމީހުންވަނީ ނެހާ އާއި އަދިތްޔާގެ ކައިވެނި އަދިތްޔާގެ އާއިލާއަށް ހުށަހަޅާފައެވެ. މި ހުށަހެޅުމާއެކު އަދިތްޔާ އުފަލުން ނަށާ މަންޒަރު ފެނިގެންދާއިރު ނެހާގެ މަންމަ ވަނީ އެމީހުންނަށް އަދިތްޔާ ވަރަށް ކަމުދާކަމަށާއި އޭނާ އާއި ނެހާގެ ކައިވެނި ހަމަޖެހިފައިވާ ކަން އިއުލާންކޮށްފައެވެ.ނެހާ އާއި އަދިތްޔާގެ ކައިވެނި އިއުލާންކުރުމާއެކު އަކަމުގެ އުފަލުގައި އިންޑިއަން އައިޑޮލް ސެޓްގެ އެންމެން ބައިވެރިވެފައިވާއިރު، ބައެއް ފަރާތްތަކުން އޭރުވެސް ބުނެފައިވަނީ އެއީ ޝޯގެ މާކެޓިން ސްޓަންޓަކަށް ވެދާނެ ކަމަށެވެ.އެންމެ ފަހުން ޝޯ ނިމިގެން ދިޔަ އިރު އަދިތްޔާ އާއި ނެހަގެ ކައިވެނި ވެގެން ދިޔައީ ދެ އާއިލާއިން ޝޯގެ ޓީއާރްޕީ މަތިކުރުމަށްޓަކައި ކުޅުނު ޑްރާމާއަކަށެވެ.

މިއަހަރު ނިމުމުގެ ކުރިން އަދިތްޔާ ކައިވެނި ކުރާނެކަން މިހާރު ޔަގީންކުރެވިފައިވާއިރު އެކްޓާ ހިމަންޝޫ ކޯލީ އާއި ރުޅިވި ފަހުން ނެހާ އިތުރު މީހަކާއި ލޯބީގެ ގޮތުން ގުޅިފައެއް ނުވެއެވެ. ޓީވީ ޝޯތަކަށް އަރާ ނެހާ ރޮއިރޮއިފައި ލޯބިވެރިޔާގެ ބޭވަފާތެރިކަމުގެ ވާހަކަ ލަވައިގެ ސިފައިގައި ބެލުންތެރިންނާ ހިއްސާ ކުރާތީ އެކަމާއި ގުޅިގެން ހިމަންޝޫވަނީ ދާދިފަހުން އިންޓަވިއުއެއްވެސް ދީފައެވެ. ހިމަންޝޫގެ އިންޓަވިއުގައި ބުނެފައިވާ ގޮތުގައި ދެ މީހުން ވަކިވާން ނިންމި ނިންމުމަކީ ނެހާ އަމިއްލައަށް ބޭނުންވެގެން ނިންމި ނިންމުމެއްކަމަށެވެ.

2 ކޮމެންޓް
Ahahahahahaha
މާޗް 11, 2020
Ma boan oh coffee thashi a vehtunee bihmahchah ?
Ahahahahahaha
މާޗް 11, 2020
Ma boan oh coffee thashi a vehtunee mi adu ahaafa ???