English Edition
Dhivehi Edition
ޕްރޮޖެކްޓް ސައިޓް ހެދުމަށް އާރުޑީސީއަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ހުރި ސަރަޙައްދުގެ ލޭންޑްސްކޭޕިންގ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ބެހެއްޓުމަށް ޕްރޮޖެކްޓް ސައިޓެއް ހެދުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ބިމެއް ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓު ހިމެނޭ ސަރަޙައްދު ލޭންޑްސްކޭޕް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ވަގުތީ ގޮތުން ބޭނުންކުރުމަށްޓަކައި އާރުޑީސީއާއި ބިމެއް ހަވާލުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަދު ކައުންސިލް އިދާރަގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރ، ޢަބްދުﷲ ޞާދިޤެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ރޯޑް ކޮންސްޓްރަކްޝަން އޮފިސަރ، މުޙައްމަދު އަޒޫރު އެވެ.

ކައުންސިލުން ހާމަކުރާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ޕްރޮޖެކްޓް ސައިޓެއް ހެދުމަށް އާރުޑީސީ އާއި ހަވާލުކޮށްފައި ވަނީ ހިތަދޫ ފްލެޓު ސަރަޙައްދުގެ ދެކުނުން އޮތް ހުސްބިމުން 30،000 އަކަފޫޓުގެ ބިމެކެވެ.