English Edition
Dhivehi Edition
މީގެ ކުރިން ނޫސްވެރިކަމުގެ އިނާމު ލިބުނު ބައެއް ފަރާތްތައް - ފޮޓޯ: އަޙްމަދު ނިޝާތު (މިހާރު)

‘ނޫސްވެރިކަމުގެ އިނާމް’ ދިނުމުގެ ގޮތުން ބާއްވާ ހަފްލާގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، ހަފްލާ ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން އެ ހަފްލާގެ ހޯލް ތައްޔާރު ކޮށްދިނުން (ސައުންޑް، ލައިޓް އަދި ޑެކަރޭޝަންސް) އަދި ނޫސްވެރިކަމުގެ އިނާމް (އެވޯޑް) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތައް 25 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ނަންނޯޓްކުރުމަށް [email protected] އަށް މެއިލްކުރުމަށާއި، 01 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް އެ ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އަންގައިފައެވެ.