English Edition
Dhivehi Edition
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް19 އަށް ފަރުވާ ދެމުން ދިޔަ 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 37 އަށް އަރާފައިވާއިރު އިއްޔެ ހެނދުނުވެސް ވަނީ އެ ފެސިލިޓީގައި ކޮވިޑް19 އަށް ފަރުވާދެމުންދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ހާމަކުރި ގޮތުގައި ކޮވިޑަށް ރާއްޖެ އިން މިހާތަނަށް 11،178 މީހަކު ފައްސިވެފައިވާއިރު މިވަގުތު މި ބައްޔަށް ފަރުވާދެމުން އަންނަނީ 1،138 މީހުންނަށެވެ. އަދި 10،097 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 43 މީހުންނަށެވެ. މީގެ ތެރެއިން 3 މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުން ކަމަށް ރޭ އެޗްއީއޯސީއިން ވަނީ މައުލޫމާތުދީފައެވެ.ރާއްޖެއިން ކޮވިޑް19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަރަށް ދަށްވެފައިވާއިރު އިއްޔެ މި ބައްޔަށް ފައްސިވެފައިވަނީ 24 މީހެކެވެ.