English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބެއް ގެނެސްދިން އުރީދޫ މޯލްޑިވްސް އިން 17 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އިން ފަހުރުވެރި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފިއެވެ.

އެގޮތުން 17 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އުރީދޫ މޯލްޑިވްސް އިން ވަނީ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން، އަހަރުގެ އެންމެ އީޖާދީ ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް އަދި އެންމެ އީޖާދީ ކަސްޓަމަރ ސަރވިސް ފޯރުކޮށްދޭ ކުންފުނީގެ އެވޯރޑްވެސް ހާސިލުކޮށްފައެވެ.

އުރީދޫ މޯލްޑިވްސް އިން ޙާސިލުކޮށްފައިވާ އެވޯޑްސް ތަކުގެ ތެރޭގައި:

17ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

  • ގޯލްޑް ސްޓީވީ – ކޮންޕެނީ އޮފް ދަ އިޔަރ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)
  • ސިލްވަރ ސްޓީވީ – މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔަރ ( 2500 މުވައްޒަފުނާއި ހަމައަށް)
  • ބްރޮންޒް ސްޓީވީ – މޯބައިލް ސައިޓް އެންޑް އެޕް (ވިޔަފާރި)
  • ބްރޮންޒް ސްޓީވީ – މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް

އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

  • ގޯލްޑް ސްޓީވީ – އެވޯޑް ފޮރ އިނޮވޭޝަން އިން އެޕްސް
  • ގޯލްޑް ސްޓީވީ – އެވޯޑް ފޮރ އިނޮވޭޝަން އިން ކަސްޓަމަރ ސަރވިސް
  • ސިލްވަރ ސްޓީވީ – އެވޯޑް ފޮރ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ

“ދިވެހިރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އާންމު ދިރިއުޅުމަށް އިތުރު ފަސޭހަކަމެއް ގެނެސްދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތް ފާހަގަކޮށް، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމިއުނިކޭޝަންސް ކުންފުނީގެ އެވޯރޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފާއިތުވީ އަހަރުގެ ތެރޭގައި އެކަނިވެސް، އުރީދޫއިން ވަނީ އުރީދޫގެ ނެޓްވޯރކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށްފަ.” ލިބުނު ކާމިޔާބީއާއި މެދު ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ނަޖީބް ޙާން އިތުރަށް ވިދާޅުވިގޮތުގައި އުރީދޫ އިން ވަނީ އީޖާތީ އެތަކެއް ޙިދުމަތްތަކެއްވެސް ދިވެހިރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްދިފައެވެ. މީގެ އިތުރުން ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތްތަކުގެ އިތުރުން، އެމް-ފައިސާގެ ޚިދުމަތާއި އީ-ކޮމާރސްގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް އެއް ޕްލެޓްފޯރމަކުން ފޯރުކޮށްދިނުމުގެގޮތުން ލައިފްސްޓައިލް އެޕަކަށް އުރީދޫ އެޕްވެސްވަނީ ބަދަލުކުރެވިފައިވާ ކަމަށްވެސް ނަޖީބް ޙާން ވިދާޅުވިއެވެ.

މީގެ އިތުރުން ނަޖީބް ޙާން ވަނީ އެ ކުންފުނީގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރައްވާފައެވެ. އަދި ހިތްވަރާއި އެކު އުރީދޫގެ ޚިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އައު އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އެކުންފުނިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ނަޖީބް ޙާން ވަނީ ވިދާޅުވެފައެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމުގެ ގޮތުން އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް އެޗް-ޑީ ވޮއިސް ގެ ޚިދުމަތާއި ވޮއިސް އޯވަރ ވައިފައި ގެ ޚިދުމަތާއިއެކު ކަސްޓަމަރުންގެ ކޯލް ކޮލިޓީ ވަރުގަދަކޮށްފައެވެ.

މީގެ އިތުރުން ފެންވަރު ރަނގަޅު އިންޓަނެޓް، އުރީދޫ ސުޕަރނެޓް ޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ %65 އަށް ވަނީ ފޯރުކޮށްދީފައެވެ. އުރީދޫ މޯލްޑިވްސްގެ ސެލްފް ކެއަރ އެޕްގެ އަޕްގްރޭޑާއި އެކު، އުރީދޫގެ މޯބައިލް މަނީ ޚިދުމަތް އެމް-ފައިސާ އަދި އީ-ކޮމަރސް ޕްލެޓްފޯރމް މޫލީގެ ޚިދުމަތްވެސް އެއް ޕްލެޓްފޯރމަކުން ލިބޭނެ ގޮތް ފަހިކޮށްދީ، ޑިޖިޓަލް ތަޖުރިބާއެއް ލިބޭނެ ގޮތަށް އެކުންފުނިން ވަނީ ބަދަލުކޮށްފައެވެ.

 

ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން އަންނަނީ އުރީދޫ ގްރޫޕާއި ގުޅިގެން ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުުރުން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައްވެސް އެކުންފުނިން ވަނީ ފޯރުކޮށްދީފައެވެ.