English Edition
Dhivehi Edition
ހުޅުމާލެ ޓްރެކް ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ އިރުމަތީ ފަރާތު ޓްރެކް ސަރަޙައްދު ސާފުކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.

އެގޮތުން އެޗްޑީސީގެ ފަރާތުން މިއަދު ހެނދުނު 7:00 އިން 10:00 އަށް ހުޅުމާލޭ ޓްރެކް ސަރަޙައްދުގައި އުފެދިފައިވާ ކުނިބުންޏާއި، މަރުވެފައިވާ ގައުތައް ނަގާ ވަނީ ސާފުކޮށްފައެވެ.

އެޗްޑީސީގެ ފަރާތުން އެ މަސައްކަތް މިއަދު ކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައާޅާފައިވާ ޚާއްޞަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އާންމުން އެއްވެ އުޅުމުގެ މިންގަނޑުތަކާ ޚިލާފުނުވާފަދަ ގޮތަށް ރާވައިގެންނެވެ.

އެޗްޑީސީން މިއަދު އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭ އިރުމަތީ ފަރާތު ޓްރެކް ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް، އެ ސަރަޙައްދުގައި އުފެދިފައިވާ ކުނިބުންޏާއި މަރުވެފައިވާ ގައުތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވުމާއި ގުޅިގެންނެވެ.