English Edition
Dhivehi Edition
ގާފަރު ގެއަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ފައިސާތައް --

ކ. ގާފަރު ގެއަކުން ވަގަށް ނަގާފައިވާ 12،900 ރުފިޔާއަށް ވުރެ ގިނަ ފައިސާތައް ހޯދައި، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅީގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކު ކަމަށާއި، އެމީހާ ހައްޔަރުކޮށްފައިވަނީ ގާފަރު ގެއަކުން 12،995 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅީގެން ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

މީގެ އިތުރުން ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ އެ މައްސަލާގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން ކަމަށާއި، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.